މޯލްޑިވްސް ބްރިޑްކާސްޓިން ކޮމިޝަނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

މި ފުރުސަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށެވެ.