ނާޒީ ޒަޔަނިސްޓު ޖޫސް، ފަލަސްޠީނު މީހުންގެ ލޭ ބުއިމަށްފަހު އެމީހުންނަށް ލިބެންވާ ޓެކްސް ފައިސާ ކޮޅުވެސް ފޭރިގަންނަން ފަށައިފިއެވެ. ނާޒީ ޒަޔަނިސްޓުގެ ސަރުކާރުން ނިންމާފައި ވަނީ ފަލަސްތީނަށް ދޭން ޖެހޭ ޓެކްސް ފައިސާގެ 90 މިލިއަން ޑޮލަރު އަތުލައި ގަނެ، ޒަޔަނިސްޓު ޖޫސް ގެ ފަނާވެފައިވާ މީހުންގެ އާއިލާތަކަށް ބަދަލުކުރުމަށެވެ.

އިބްރާނީ ބަހުން ކަބަރު ގެނަސްދޭ ޗެނަލް 7 އިން ރިޕޯޓު ކުރިގޮތުގައި ޒަޔަނިސްޓުންގެ ނާޒީ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ވަނީ ފަލަސްޠީނުގެ ޓެކްސް ފައިސާގެ 320 މިލިއަން ޝެކަލް (ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު) ފޭރިގަތުނަށް ނިންމައިފައެވެ.

މި ފައިސާއަކީ، ފަލަސްތީނަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސްތަކާއި ކަސްޓަމްސްގެ ޑިއުޓީއެވެ. މިތަކެތި ނަގަނީ ޒަޔަނިސްޓު ޖޫސްގެ މަސްއޫލު އިދާރާތަކުންނެވެ.

މިކަންހަމަޖައްސާފައި ވަނީ 1990ގެ އަހަރުތަކުގއި ސޮއިކުރި އޮސްލޯ މުއާހަދާގެ ދަށުންނެވެ. އެއިރު އޮންނަ ގޮތުން މި ފައިސާ ކޮންމެ މަހަކު ފަލަސްޠީނާ ހަވާލު ކުރަން ޖެހެއެވެ.

ކުރިން ފަލަސްޠީނު ސަރުކާރުން ދިޔައީ ނާޒީ ޒަޔަނިސްޓުން ވަގަށް ނަގައިގެން ޖަލަށްލާ މީހުންގެ އާއިލާތަކަށްވެސް އެ ފައިސާއިން އިނާޔަތްތައް ދެމުންނެވެ. ނަމަވެސް މުއްދަތު ހަމަވެފައިވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އެފައިސާ ފަލަސްޠީނުގެ ރަހީނުންގެ އާއިލާތަކަށް ނުދޭ ގޮތަށް މިދިޔަ ހަފްތާގައި ރިޔާސީ އަމުރެއް ނެރުއްވާފައެވެ.

"އިސްރާއީލުގެ ޖަލުތަކުގައި ތިބި ޝަހީދުންނާއި ގައިދީންގެ އާއިލާތަކަށް އިނާޔަތް ދިނުމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކޮށްފިއެވެ." ފަލަސްޠީނުގެ ސަރުކާރުގެ މުއައްސަސާއަކަށް ފޮނުއްވި އާންމު ސިޓީގައި ބުނެފައި ވެއެވެ.

ފަލަސްޠީނުން މި ފައިސާ މުސާރަތައް ދޭންވެސް ބޭނުން ކުރެއެވެ. މިއީ ފަލަސްތީނުގެ ސަރުކާރުގެ ޖުމްލަ މާލީ އާމްދަނީގެ 65 ޕަސެންޓެވެ.

ނާޒީ ޒަޔަނިސްޓުން މިފައިސާ ފަލަސްޠީނު ސަރުކާރަށް ދިނުމަށް ދަތިކުރުމުން، އޮކްޓޫބަރު މަހުން ފެށިގެން މުސާރަ ނުދެވި ދެއެވެ. މިފަހުން ބައެއް މުވައްޒަފުންނަށް ދީފައި ވަނީ މުސާރައިގެ 50 ޕަސެންޓެވެ. އަދި އަނެއް ބައި މީހުންނަށް 90 ޕަސެންޓެވެ.