ޒަޔަނިސްޓުންގެ މީހަކު އެމެރިކާގެ ފްލޮރިޑާގައި އެހެން ދެ ޒަޔަނިސްޓަކު މަރާލުމަށް ބަޑިން ހަމަލަ ދީފިއެވެ. ހަމަލަތައް އަމާޒު ކުރެވުނު ދެ ޒަޔަނިސްޓުން ތިބީ ކާރުގެ ތެރޭގައެވެ.

ފްލޮރިޑާ ފުލުހުން ވަނީ ބަޑި ޖެހި މީހާ ހައްޔާރުކޮށްފައެވެ. އޭނާ ބުނެފައި ވަނީ ކާރުގައި ތިބި ދެމީހުންނަކީ ފަލަސްޠީނުގެ ދެމީހުން ކަމަށް ހީކޮށް މަރާލަން ބަޑިން ހަމަލަ ދިނީ ކަމަށެވެ.

ހަގީގަތުގައި އެ މީހުންނަކީ އިޒްރޭލުގެ ދެ ޒަޔަނިސްޓު ފަތުރުވެރިންނެވެ. އެމީހުން ފޮލޮރިޑާއަށް ދިޔައީ ޣައްޒާގައި ގަތުލުއާންމު ހިންގުމަށްފަހު ޗުއްޓީ ހޭދަކޮށްލާށެވެ.

ބަޑިން ހަމަލަ ދިން ޒަޔަނިސްޓު މީހާއަކީ އުމުރުން 27 އަހަރުގެ މޮރްދަޚައި ބްރަފްމަން އެވެ.

ކާރުގައި ތިބި 2 ޒަޔަނިސްޓުންނަކީ ދެބަފައިންނެވެ. މިޒަޔަނިސްޓު ހަމަލާގައި އެކެއްގެ ކޮނޑަށް ވަޒަން އަރާފައި ވެއެވެ. އަދި އަނެއް މީހާގެ އަތުގެ ކުޑަ ހުޅު ބަނޑިވެފައި ވެއެވެ.

7 އޮކްޓޯބަރުގައި ކޮމާންޑަރު ޔަހުޔާ ސިންވާރު ޒަޔަނިސްޓުން ގިއްގަޅުވާލި ފަހުން، ޒަޔަނިސްޓުން ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ޖަރީމާތަކަށް ފަހު ޒަޔަނިސްޓު ޖޫސްއަށް އާދަޔާ ޚިލާފު ގޮތްގޮތަށް މަރުލައިގަންނަމުން ދެއެވެ. ބައެއް ފަހަރު ސަލާމަތްވެސް ވެއެވެ.