ފަލަސްޠީނުގެ ޝަހީދުންނާއި އަސީރުންގެ އާއިލާތަކަށް ދޭ އިނާޔަތްތައް ކަނޑާލުމަށް، ގެރެންޓީ ހަމަވެފައިވާ މަޙުމޫދު އައްބާސްގެ ސަރުކާރުން ނިންމި ނިންމުމަށް އަމަލު ނުކުރާނެ ކަމަށް ބުނުމުން ފަލަސްޠީނުގެ ޝަހީދުންނާއި އަސީރުންނާ ބެހޭ އިދާރާގެ ވެރިޔާ ގަދަކަމުން މިއަދުން ފެށިގެން ރިޓަޔާކޮށްފައިވާ ކަމަށް އައްބާސް އަންގަވައިފިއެވެ.

މިއަދު ނެރުއްވި އާންމު ސިޓީއެއްގައި މަޙުމޫދު ޢައްބާސް ވިދާޅުވީ، ޝަހީދުންނާއި އަސީރުންގެ އިދާރާގެ ވެރިޔާ ޤައްދޫރާ ފާރިސް، މިއަދުން ފެށިގެން މުސްކުޅި ކުރައްވާފައިވާ ކަމަށެވެ.

ޤައްދޫރާ ފާރިސް ވަނީ، ޢައްބާސް އެންގެވި ގޮތަށް، ޝަހީދުންނާއި އަސީރުންގެ އާއިލާތަކަށް ދެމުންދާ އިނާޔަތްތައް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފާރިސް ވަނީ، ޢައްބާސްގެ ނިންމެވުން ބަދަލު ކުރައްވައި، ޝަހީދުންނާއި އަސީރުންގެ ޑޭޓާބޭސް ބެލެހެއްޓުމާއި މެޖޭނުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ނޭޝަނަލް ފައުންޑޭޝަން ފޯ އިކޮނޮމިކް އެމްޕަވަރމަންޓަށް ބަދަލު ކުރެއްވުމަށް ގޮވާލާފައެވެ.