ދުނިޔެ ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރާ ޒަޔަނިސްޓު ޖޫސްގެ ދަލުގައި މަހާސާދާގަރު އީލޯން މަސްކު ރަނގަޅަށް ޖައްސައިފިއެވެ. ޒަޔަނިސްޓުން މިކަން ކޮށްފައި ވަނީ ޒުވާން ރީތި އަންހެން ކުއްޖަކު މެދުވެރިކޮށެވެ.
މީސްމީޑިއާގެ އިންފުލުއެންސަރެއް ކަމަށްވާ އޭޝްލީ ސެއިންޓް ކްލެއާއަކީ، ޓްރަމްޕް ރައީސްގެ 'މޭކް އެމެރިކާ ގްރޭޓް' ޝިއާރަށް މަސައްކަތް ކޮށްދޭ އިންފުލުއެންސަރެކެވެ.
އޭނާ އެކްސްގައި ޕޯސްޓުކޮށްފައި ވަނީ މަސްކާއި އޭނާއަށް ޒިނޭގެ ގުޅުމަކުން ކުއްޖަކު ލިބިފައިވާ ކަމަށެވެ. އަދި މިކުއްޖައަކީ މަސްކުގެ 13 ވަނަ އައުލާދު ކަމަށްވެސް އޭނާ ބުންޏެވެ. އޭޝްލީ ސެއިންޓް ކްލެއާ ވަނީ މަހާސާދާގަރު، އޭނާއަށް ފިލައިގެން އުޅޭތީ ޝަކުވާކޮށް ބަވާ ފައެވެ. އެއަށްފަހު، މާގިނަ އިރުތަކެއް ނުވަނީސް، މަސްކު ވަނީ އޭޝްލީ ސެއިންޓް ކްލެއާގެ ޕޯސްޓުތައް ޑިލީޓުކޮށް، މީސްމީޑިއާއަށް ފިލައިފައެވެ.
ދުނިޔެ ކޮންޓްރޯލުކޮށް، މުއްސަނދިންނާއި ނުފޫގަދަ މީހުން އަތުއަޅުވާލުމަށް މިވެރިން ގެންގުޅޭ މި އުކުޅު ޖާސޫސީ އިދާރާތަކުގެ މެދުގައި މަޝްހޫރު ވެފައި ވަނީ "މާމުއި ގުޅީގެ އުކުޅު"ގެ ނަމުންނެވެ.
ރީތި އަންހެން ކުދިންނަށް ހިތްޖައްސައި އެކުދިން މެދުވެރިކޮށް މުހިންމު މީސްމީހުންނަށް ޖާސޫސް ކުރުވައެވެ. އަދި މާމުއި ގުޅީގައި ޖައްސައިގެން މުހިންމު މީހުން ބްލެކްމެއިލް ކުރުވައެވެ.
މަސްކުގެ 13 ވަނަ އައުލާދުގެ އަމަޔަކަށް ވެފައިވާ އޭޝްލީ ސެއިންޓް ކްލެއާއަކީ، ޒަޔަނިސްޓު ޖޫސް އެޖެންޓެއް ކަމަށްވާ އިޒްރޭލުގެ ބްރިއަން ގްލިކްލިޗްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ ޒުވާނެކެވެ.
ޖޫސް މީހެއްކަމަށްވާ ގްލިކްލިޗަކީ، އޭޝްލީ ސެއިންޓް ކްލެއާގެ ވިޔަފާރި ޕީއާރް އެޖެންޓެވެ. އަދި ގްލިކްލިޗަކީ، އިޒްރޭލުގެ ޖާސޫސީ އިދާރާއާއި ސަލާމަތީ ކަންކަމުގައި އުޅޭ ކުންފުންޏަކުން ފައިސާ ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ މީހެކެވެ.
މިކަމުން ދޭހަވަނީ އޭޝްލީ ސެއިންޓް ކްލޭއާ އަކީ އިޒްރޭލުގެ މަސްލަހަތާ ގުޅިފައިވާ މީހެއް ކަމަށެވެ.
މާމުއި ގުޅީގެ އުކުޅުގެ ސްޓްރެޓެޖީ ޒަޔަނިސްޓުންގެ ފައިދާއަށް ބޭނުން ކުރަމުން އަންނަތާ ދިހަވަރަކަށް އަހަރު ވެފައި ވެއެވެ.
މާމުއި ގުޅި - ހަނީ ޕޮޓް ހަނީ ޓްރެޕް - ؟ ހަނީ = މާމުއި ޓްރެޕް - ދަންތުރަ