އެމްޑީޕީއާއީ ޕީޕީއެމާއި، ޕީއެންސީ ޖޫރިމަނާކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެ ޕާޓީތައް ޖޫރިމަނާ ކުރީ އެޗުޕީއޭގެ ގައިޑުލައިންތަކާ އެޕާޓީތަކުން ޚިލާފުވެފައިވާތީ އެވެ.

އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް ޤާނޫނީ ޝަޚުސަކުން އަމަލުކޮށްފި ނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ ފަސް ހާސް ރުފިޔާއިންނެވެ. ދެވަނަ ފަހަރު ފަންސަވީސް ހާސް ރުފިޔާއިންނެވެ. ތިން ވަނަފަހަރު ފަންސާސް ހާސް ރުފިޔާއިނެވެ. ހަތަރުވަނަ ފަހަރު ހަތްދިހަ ފަސް ހާސް ރުފިޔާއިންނެވެ. ފަސް ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. މިއީ މި ޕާޓީތައް ޖޫރިމަނާ ކުރީ މިއީ ކިތައްވަަނަފަހަރު ކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މިދުވަސްވަރަކީ މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނައިން ފެންނަމުންދާ ދުވަސްވަރެކެވެ. އެހެން ކަމުން އެޗުޕީއޭއިން ވަނީ އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން އެއްނުވުމަށް އަންގައިފައެވެ. އެއާއެކު އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ.