ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ގދ. ހޯނޑެއްދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ވަޒީރު މިހާރު ގދ. އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނެވެ. ހޯނޑެއްދޫ ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި ހޯނޑެއްދޫގެ ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެރަށުގައި ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުން ކައުންސިލުން ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ.
ދަނޑުވެރިކަމުގައި ޒުވާނުންގެ ދައުރުފުޅާކޮށް ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ.
ވަޒީރު ގދ. އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެއަތޮޅު ކައުންސިލު ގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
https://sarukaaru.gov.mv/articles/7254