އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) އަލްފާޟިލް މުޙައްމަދު ޖަމްޝީދު އަދި އެމަނިކުފާނުގެ ޓީމް، ދ. ކުޑަހުވަދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ.

އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުޑަހުވަދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ. މި ބައްދަލުވުމުގައި ކުޑަހުވަދޫގެ ތަރައްޤީއަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.އެމް.ޓީ.ސީ.ސީގެ ޑީއެމްޑީ އަލްފާޟިލް މުޙައްމަދު ޖަމްޝީދު ވިދާޅުވީ، "ކުޑަހުވަދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެމް.ޓީ.ސީ.ސީން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ. ރަށުގެ ކައުންސިލާއެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަކީ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މުހިންމު ކަމެކެވެ."

މި ބައްދަލުވުމުގައި ކުޑަހުވަދޫގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ. އމީގެ އިތުރުން، ރަށުގެ ރައްޔިތުންގެ ބޭނުންތަކާއި އިސްކަންދޭ ކަންތައްތަކާ ގުޅޭގޮތުން ވެސް ވަނީ މަޢުލޫމާތު ބަދަލުކުރެވިފައެވެ.