އެއްވެ ތިބި މީހުންގެ ކަރުނައާއި ތަކުބީތރާއެކު ލުބުނާނުން އެ ގައުމުގެ ދެ ޝަހީދުން ކަމަށްވާ ސަމާޙަތުލްއިސްލާމް ސައްޔިދު ހަސަން ނަސްރުالله އާއި ސައްޔިދު ހާޝިމް ސަފިއްޔުއްދީނަށް އަލްވަދާޢު ކިޔައިފިއެވެ.
ބެއިރޫތުގެ ސްޕޯޓްސް ސިޓީން ފެށި ޖަނާޒާގެ ރަސްމިއްޔާތު އެހައްހާސް ބަޔަކާއެކު ނިންމާލީ، ނަޞްރަﷲ އަށް ޚާއްސަކޮށް ހަދާފައިވާ ބެއިރޫތުގެ ދެކުނުގެ އެއާޕޯޓް މަގުގައި ހުންނަ ޝަހީދު ސައްޔިދު ހަސަން ނަޞްރުاللهގެ މަގްބަރާއަށެވެ.
ސަފިއްޔުއްދީން ފަސްދާނު ލުން އޮންނާނީ ހޯމަ ދުވަހު އޭނާގެ އުފަން ރަށް ދެއިރް ޤަނޫން އައްނަހުރުގައެވެ.
ޙިޒުބުﷲގެ ލީޑަރުގެ ޖަނާޒާ ކުރިއަށް ދިޔައިރު މީހުން ގޮވަމުން ދިޔައީ، ޒަޔަނިސްޓުންނާ ދެކޮޅަށް ކުރިއަށް ގެންދާ ދެކޮޅުވެރިކަމަށް ހުއްޓުމެއް ނެތް ކަމަށެވެ.
މި ޖަނާޒާގައި ލުބުނާނާއި ލުބުނާނުން ބޭރުގެ އިއްޒަތްތެރިންނާއި ރަސްމީ ވަފްދުތައް ބައިވެރިވެފައި ވެއެވެ.
މިޖަނާޒާއަށް ލުބުނާންގެ ރައީސް ޖޯސެފް އައުންއާއި އައު ބޮޑު ވަޒީރު ނަވާފް ސަލާމްގެ މަންދޫބެއްގެ ގޮތުން ވަޑައިގަތީ މިނިސްޓަރ އޮފް ލޭބަރ މުޙައްމަދު ހައިދަރުގެ އެވެ.
އޭގެ އިތުރުން، ލުބުނާންގެ ސިޔާސީ ބޭފުޅުންގެ ތެރޭން ކުރީގެ ރައީސް ސުލައިމާން ފަރަންޖިޔާއާއި ކުރީގެ ރައީސް އެމިލް ލަހޫދާއި ލުބުނާނުގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިޔާ ތަލާލް އަރްސްލާން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ ތެރޭން އީރާނުގެ ވަފުދުގައި ހިމެނިވަޑައިގަތީ އީރާންގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގީރް ޤާލިބާފްއާއި ފޮރިން މިނިސްޓަރު އައްބާސް އަރަކްޗީއާއި އީރާންގެ އެކި ރަސްމީ މުއައްސަސާތަކުގެ ސިޔާސީ އަދި އަސްކަރީ މުހިންމު ބޭފުޅުންނެވެ. އަދި އީރާނުގެ ޝަހީދުންގެ އާއިލާތަކުގެ ތެރޭން ކުރީގެ ރައީސް އިބްރާހިމް ރައީސީ އާއި ކުރީގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލާހިޔާންއާއި ޤުދުސް ފޯސްގެ ކޮމާންޑަރު ޝަހީދު ޤާސިމް ސުލައިމާނީގެ އާއިލާތަކުގެ ގާތްގަނޑަކަށް 40 މަންދޫބުން ބައިވެރިވެ ވަޑައިގަތެވެ.
ލުބުނާންގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާލަމެންޓްގެ މެންބަރުންނާއި ސަރުކާރުގެ އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި އިރާގުގެ ސިޔާސީ އަދި ދީނީ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.
ޔަމަނުގެ މުފްތީ ޝަމްސުއްދީން އައްޝަރަފުއްދީން ގެ އިތުރުން އަންޞާރުﷲގެ ވަފްދެއްވެސް ބައިވެރިއެވެ.
މީޑިއާ ކަވަރޭޖަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 އެއްހާ މީޑިއާގެ މަންދޫބުން ބައިވެރިވިއެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ އިންފްލޫއެންސަރުންގެ ގިނަ ބަޔަކުވެސް ބައިވެރިވި އެވެ.
ގައުމުތަކުން އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން އިރާގުން 140 ހާސް މީހުންނާއި އީރާނުން 106 ހާސް މީހުންނާއި ކުވެއިތުން 18 ހާސް މީހުންނާއި ބަހުރައިންއައިން 9 ހާސް މީހުންނާއި އޮމާނުން 9 ހާސް މީހުންނާއި ޔަމަނުން 27 ހާސް މީހުން ބައިވެރިވިއެވެ. ޔޫރަޕްގެ ޤައުމުތަކުންވެސް އެތައް ބަޔަކު ބައިވެރިވިއެވެ. އެންމެ ބޮޑަށް ފާހަގަ ވެފައި ވަނީ އަޔަރލެންޑުގެ ވަފްދެވެ. ޖުމުލަ 79 ގައުމަކުން މީހުން ބައިވެރިވެފައި ވެއެވެ.