ޖަރުމަނުގެ އާ ޗާންސެލާއަށް ވެވަޑައިގަންނަވާނީ، ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީ (ސީޑީޔޫ) ގެ ލީޑަރު ފްރިޑްރިކް މެރްޒް ކަމަށް ބެލެވެއެވެ.
"މިރޭ އަހަރެމެން އުފާފާޅުކުރަން، އެކަމަކު މާދަމާއިން ފެށިގެން އަހަރެމެން މަސައްކަތް ކުރާނަން،" ބާލިންގައި ހުންނަ އޭނާގެ ޕާޓީގެ މައި މަރުކަޒުގައި އެތައް ހާސް ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މެރޒް ވިދާޅުވި އެވެ.
އޭނާއަކީ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. މިހާރުގެ ޗާންސެލަރ އޮލްފް ޝީޒްލް ވަނީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގަތްކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.
މިހާރުގެ ވެރިކަން ކުރާ ޕާޓިއަށް ލިބޭނެ ކަމަށް އަދި ލަފާ ކުރެވެނީ 16 ޕަސެންޓް ވޯޓެވެ. އަދި އިދިކޮޅުން އިންތިޚާބު ކާމިޔާބު ކޮށްފައިވާ 2 ޕާޓީގެ ކޯލިޝަނަށް 29 ޕަސެންޓް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ހައްދުފަހަނައަޅާފައިވާ ހުދު މީހުންގެ ނާޒީ ފިކުރުގެ އޭޑީއެފަށް 19 ޕަސެންޓް ލިބޭނެ ކަމަށް ބެލެވެއެވެ.