ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބޭހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ގދ. އަތޮޅުގެ ބައެއް ފަޅުރަށްތަކަށް ޒިޔާރަތްކުރައްވައި، ފިއެވެ.
އެކަމަނާ ގދ އަތޮޅުގެ ފަޅުރަށްތަކަށް ޒިޔާރަތްކުރައްވާފައި މިވަނީ، ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން އެކަމަނާވަނީ އެ އަތޮޅުގެ ހުޅެއްދޫ، ކާށިހުޅުދޫ(ކައުޓި ހުޅެދޫ) އަދި ހަވޮޑިގަލާ އަށް ޒިޔާރަތްކުރައްވާފައެވެ.
ވަޒީރުގެ ގދ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެއަތޮޅުގެ އަތޮޅުކައުންސިލްގެ ދައުވަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެއަތޮޅުގެ ރަށްރަށުގައި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާއި ބެހޭގޮތުން ކައުންސިލްތަކާއިއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.
މިއީ ވަޒީރު ޑރ. މަރްޔަމް މާރިޔާ، މި ވުޒާރާ އާއި ހަވާލުވެވަޑައިނެވުމަށްފަހު، އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
https://dhisalafiyyah.net/article/37517
މީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ މިފަދަ ވަޒީރަކު އަތޮޅު ތަކުގެ މީހުން ދިރި ނޫޅޭ ފަޅު ރަށްތަކުގެ ހާލަތު ބެލުމަށް ކުރި ފުރަތަ ޒިޔާރަތް. ވަރަށް ރަނގަޅު ފެށުމެއް