މާލެ އާއި ހުޅުމާލޭގެ މަގުތައް ސާފުކޮށް ރީތިކޮށް ބޭއްވުމަށް، މަގު ކުނިކަހާނެ 13 މީހުން ހޯދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިއުލާނު ކޮށްފިއެވެ.

މަގާމުގެ މުސާރައަކީ 8000 ރުފިޔާއެވެ. ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތަކީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުމާއި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުމެވެ.

ވަޒީފާއަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

އިތުރު ތަފްސީލް:

https://www.gazette.gov.mv/iulaan/329173