މިއަދުވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ވިދާޅުވެފައިވަނީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 09:30 ން 11:30 އަށް މާލެ މާލެ ސިޓީ، ކަނބާއައިސާރަނި ހިނގުން، ފުލޫނިޔާ މަގު އަދި ހަވީރީ ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓް ދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ
މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.