ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ފަދައިން، ރަމަޟާންމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭހެއް ހިލޭ ދެއްވާނޭކަމަށް ވެފައިވާ ވަޢުދާއެއްގޮތަށް މިހާރު ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަސްކޭސް ބެހަން ފަށާފައެވެ. އެ ގޮތުން މާލޭ ސަރަހައްދުގެ ގޭބިސީތަކަށް މަސްކޭސްތައް ބަހަން ފަށާނީ، މިރއިން ފެށިގެން، 27

މީގެ ކުރިން މަސްދަޅުކޭސްތައް ބަހަން ނިންމާފައި އޮތީ މިއަދު މެންދުރު ފަހުން ފެށިގެން ކަމުގައި ވިޔަސް މިހާރު ނިންމާފައިވަނީ މިރޭ 8:30 އިން ފެށިގެން މަސް ކޭސް ބަހަން ފެށުމަށެވެ.

މަސްކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އެސް.ޓީ.އޯ އިންނެވެ. ކޮންމެ ގޭބީސީއަކަށް ވެސް 180 ގްރާމުގެ 48 ދަޅު ހިމެނޭ 'ޗަންކްސް އިން އޮއިލް' މަސް ކޭހެއް ދޭނެ

ކޭސް ދޫކުރަން ނިންމާފައިވާ ތާރީހާއި ވަގުތުތައް:

20 ފެބްރުއަރީ: ރޭގަނޑު 8:30 އިން 11 އަށް

21 ފެބްރުއަރީ: ބަންދު

22 ފެބްރުއަރީ: ހެނދުނު 10 އިން ހަވީރު 4 އަށް އަދި ރޭގަނޑު 8:30 އިން 11 އަށް

23 ފެބްރުއަރީ އިން 27 ފެބްރުއަރީ އަށް: މެންދުރު 2:30 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8:30 އިން 11 އަށް

މާލެ: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް

ވިލިމާލެ: ވެމްކޯ ސައިޓް

ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިން

ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު