ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ހިންގާ "ރޯދައަށް ސާފް" ޕްރޮގްރާމުގެ ދަށުން ގދ. ގައްދޫގެ ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގެ ދަށުން ގައްދޫގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި މަސައްކަތުގައި އާރު.ޑީ.ސީގެ މުވައްޒަފުންނާއި ރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހިންގުނު މި ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށް އާރު.ޑީ.ސީން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އާރު.ޑީ.ސީ އިން އިތުރަށް ފާހަގަކޮށްފައިވަނީ މިފަދަ ޕްރޮގްރާމްތައް ކާމިޔާބު ކުރުމުގައި ރަށު ކައުންސިލުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިންމުކަމެވެ. އަދި މި ފުރުސަތުގައި ގައްދޫ ކައުންސިލަށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.