ވެކްސިން ޖެހި 4 މީހަކު ހާލު ސީރިއަސް ވެގެން އެޑްމިޓު ކުރި ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވިޑް-19 އިން ދިފާޢު ވުމަށް ވެކްސިން ޖެހި ހަތަރު މީހެއްގެ ހާލު ސީރިއަސް ވެގެން އެޑްމިޓު ކުރަން ޖެހުނު ކަމަށެވެ.
ވެކްސިން ޖެހި މީހަކަށް ސްޓްރޯކެއް ޖެހުން ކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ސްޓްރޯކެއް ޖެހުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެޑްމިޓު ކުރެވުނު ފަރާތްތަކުގެ ހާލުވެސް ގާތުން ބަލަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.