ޕާކިސްތާންގެ ލާހޯރުގެ ހަސްފަތާލެއްގައި ނަރުހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން ފަރުވާ ދޭން ފަށައިފިއެވެ. މޭޔޯ ހަސްފަތާލުގައި އަނިޔާވި 10 ނަރުހުންގެ ތެރޭން ގިނަ މީހުންނަށް ފަރުދެނީ ބޯފަޅައިގެން ދިއުމުންނެވެ.

ހަސްފަތާލުގެ ލިފުޓު ވެއްޓުނީ މި ނަރުހުންގެ ބޮލަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މޭޔޯ ހަސްފަތާލުގައި ކަށީގެ ޑިޕާޓްމަންޓުގައި ބަހައްޓާފައިވާ ލިފްޓް އެމީހުންގެ ބޮލަށް ވެއްޓުނު އިރު އެމީހުން ދިޔައީ، ތަމްރީނުގެ އެންމެ ފަހު ދުވަސް ފުރިހަމަ ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އަނިޔާވި ނަރުހުން އެމަޖެންސީ އަށް ގެންދިޔަ އިރު އެތާގައި ފަރުވާ ދޭނެ ބަޔަކު ނެތިގެން އެމީހުންގެ ރައްޓެހިން ވަނީ ހަސްފަތާލުގައި މުޒާހަރާ ޖައްސާފައެވެ.