ލަންކާގައި ފަސިންޖަރުންގެ ރޭލެއްގައި ޖެހިގެން އެތްތަކެއް މަރުވެއްޖެއެވެ. ވެރިރަށް ކޮލަމްބޯއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ މިނެރިއާ ކައިރީގައި ރޭލެއްގައި ޖެހިގެން މަރުވީ، ކުޑަ 4 އެތަކާއި ބޮޑު ދޭއްޗެވެ.

އެ ސަރަހައްދަކީ ޖަނަވާރުތަކަށް ޚާއްސަކޮށް ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

ލަންކާގެ ޓީވީތަކުން ދެއްކި މަންޒަރުތަކުން ފެންނަނީ މި ޖަނަވާރުތަކުގައި ޖެހިގެން ހިނގި ހާދިސާގައި ރޭލުގެ ބައިތައް ވަކިވެ ދަނގަޑުން ބޭލިގެން ގޮސްފައިވާ ތަނެވެ.

މިހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ވެފައިވާ ކަމަކަށް ނުދައްކައެވެ.