ފަލަސްޠިނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ އިސްލާމީ ހަމާސް ޖަމާޢަތުން މާދަމާ ހޮނިހިރު ދުވަހު އެމީހުންގެ މެހުމާންދާރީގައި ތިބި ޒަޔަނިސްޓުންގެ ހަނގުރާމައިގެ އަސީރުންގެ 6 މީހަކު މިނިވަން ކުރާނެއެވެ. އެގެ ބަދަލުގައި ޒަޔަނިސްޓުން ވަގަށް ނަގައިގެން ގެންގުޅުނު ފަލަސްޠީނުގެ 602 އަސީރުން ދޫކޮށްލާނެއެވެ.

މިމީހުންގެ ތެރޭން 50 މީހުންނަކީ ޖޫސް ވަގަށް ނަގައިގެން އުމުރަށް ޖަލަށް ލާފައިތިބި މީޙުންނެވެ. އަދި 60 މީހުންނަކީ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފައި ތިބި މީޙުންނެވެ. އަދި އެތައް ފަހަރެއްގެ މަތިން ވަގަށް ނަގައިގެން ގެންގުޅޭ މީޙުންގެ ލިސްޓުގައި ހިމެނޭ 47 މީހަކުވެސް ހިމެނެއެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމުގެ އަޤްޞާ ޠޫފާންގެ ހަނގުރާމަ ފެށިފަހުން ޒަޔަނިސްޓުން ވަގަށް ނެގި 445 މީހުންވެސް މާދަމާ މިނިވަން ކުރާނެއެވެ.

ލަފާ ކުރެވޭ ގޮތުގައި މިއަދާއި މާދަމާ އެމީހުން މިނިވަން ކުރުމާ ހަމައަށް އިޒްރޭލުން އެމީޙުންނަށް އިތުރަށް އަނިޔާ ކުރަމުން ގެންދާނެއެވެ.