ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގެ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 00:36 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހަ އްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެގޮތުން އެންޑީއެފުން ފަޔަރފައިޓަރުންނަށް ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 01:03 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.