މިއަދު ހެނދުނު މާލެސިޓީ، ގަލޮޅު އަވަށުގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަން ޖެހޭ މަސަތްކަތެއް ކުރަންޖެހޭތީ ކަމަށެވެ.

އަދި ކަރަންޓް ހިދުމަތް މެދުކެނޑޭނެ ވަގުތަކީ މިއަދު ހެނދުނު 10:00 ން 10:15 އަށް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މިއަދުގެ މެންދުރުފަހުވެސް މާލޭގެ އކި ސަރަހައްދުތަކުން ކަރަންޓް ދާނެކަމަށްވެސް ސްޓެލްކޯއިން ރޭ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެކުންފުނިން ވަނީމާލެ ސިޓީ، ލޮނުޒިޔާރަތް މަގާއި، ކަށިމާ ހިނގުމާއި، ދޫހިމެރި މަގުގެ އިތުރުން ކާސިންޖީ މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދި މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިވަޑައިގަންފައެވެ.