އުމުރާގެ އަޅުކަމަށް މައްކާ މިއަދުން ފެށިގެން ހުޅުވާލާނެއެވެ. އެކަމަކު ސައޫދީން ރައްކާތެރި ފިޔަވަޅު އަޅާނެކަމަށްވެސް އަންގާފައި ވެއެވެ.
ތޮވާފް ކުރާއިރު ގައިދުރުކަން ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އަންގާފައި ވެއެވެ.
އޮކްޓޯބަރު 18 ގައި އުމުރާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ހުއްދަ ދެވޭނެއެވެ. އެއިރުން ދުވާލެއްގެ މައްޗަށް 15 ހާހެއްހާ މީހުނަށް ހުއްދަ ދެވޭނެއެވެ. އެއިރު ހަރަމްފުޅުގައި އެއްފަހަރާ ތިބެވޭނީ 40 ހާހެއްހާ މީހުންނަށެވެ.
ސައޫދީން ނިންމާފައިވަނީ ނޮވެމްބަރު މަހު އެއްވަނަ ދުވަހުން ފެށިގެން ބޭރުން މީހުންނަށް މައްކާއަށް ވަނުމަށް ހުއްދަ ދޭގޮތަށެވެ. އެއިރުން ދުވާލެއްގެ މައްޗަށް 20 ހާސް މީހުންނަށް ހުއްދަ ދެވޭނެއެވެ. އަދި ހަރަމްފުޅުގައި އެއްފަހަރާ 60 ހާސް މީހުންނަށް ތިބެވޭނެއެވެ.
ސައޫދީން އިޢްލާން ކޮށްފައިވާ ގޮތުން ކޮރޯނާގެ ނުރައްކާ ފިލައިގެން ދިއުމާއެކު ފުރިހަމަ އަދަދަށް މީހުންނަށް އުމުރާއަށް އައުމަށް ހުއްދަދެވޭނެއެވެ.