އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ޑީސަލްގެ އަގު ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ބޮޑު ކޮށްފިއެވެ.

މި ބަދަލާއެކު އެސްޓީއޯއިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.19 ރުފިޔާ އަށެވެ. މިބަދަލު ގެނެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގައުމުތައް ހުއްޓުމަކަށް އައުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެސްޓީއޯއިން ވަނީ މި ދިޔަ މަހު ވެސް ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފައެވެ.