ބަނޑަށް ފަސް މަހުގައި އައިޖީއެމްއެޗްގައި ވިހެއި ކުއްޖަކަށް ފަރުވާ ނުދީ މަރުވަންދެން ބޭއްވިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ މައްސަލަ މިހާރު އައިޖީއެމްއެޗް އިން ދަނީ ބަލަމުންކަމަށާއި މައްސަލަ ބެލުމަށްފަހު ވަރަށް އަވަހަށް މައްސަލައިގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ކަމަށެވެ.

މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބަނޑަށް ފަސް މަހުގެ އަންހެނަކު، ބަނޑުގައި ރިއްސާތީ އެހޮސްޕިޓަލުގައި ދެ ދުވަސް ވެންދެން އެޑްމިޓު ކޮށްފައި ބޭއްވި ކަމަށެވެ.

އެޕޯސްޓުގައި ބުނެފައިވަނީ، ބަނޑުގައި ރިއްސާވަރުން ކެތް ނުކުރެވިގެން ްޑޮކްޓަރުންނާއި ނަރުހުން ވެސް އަޅާނުލި ކަމަށެވެ. އަދި އެއަންހެންމީހާއަށް ބޮޑުކަމު ނުދެވޭތާ 3 ދުވަސް ވެފައިވާތީ އެވޭނުގައިވެސް ހުރެ، ފާޚާނާ ދިޔައިރު އެއްޗެއް ފައިބާތީ އެތަނަށް ބޭރު ދެ މީހަކު ދިޔަ ކަމަށެވެ. އަންހެންމީހާ ވިހެއީ އެ ދެ މީހުންގެ އަތް މައްޗަށް ކަމަށެވެ.