މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަނަކީ ދިވެހި ފުލުހުންނަށް ލިބުނު އިންޓެލިޖެންސްގެ އެހީގައި ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ހިންގަމުން އަންނަ ވަރަކަށް ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ސީޕީ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، އެ އޮޕަރޭޝަންގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައި އެވެ. ނަމަވެސް އެއީ ކިތައް މީހުންކަމެއް ވިދާޅުވެފައެއް ނުވެއެވެ.