ކ. ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރ ސެޓެއް ބަހައްޓައި މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށައިފިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފަ ސްޓެލްކޯއިން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އިތުރަށް ވިދާޅުވެފައިވަނީ މި އައު ޖަނަރޭޓަރު ސެޓް ބެހެއްޓުމާއެކު ގާފަރުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަގީޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މިއީ ސްޓެލްކޯއިން މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

އެ ކުންފުނިން ދަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ރަށްތަކެއްގައި އިތުރު ޖަނަރޭޓަރުތައް ބަހައްޓައި، ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.