ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބިޒްނަސް ކައުންސިލުގެ ފަސްވަނަ ބައްދަލުވުން ބާއްވަވައިފިއެވެ. މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިޤުތިޞާދީ ތަރައްޤީއާއި އަދި ވަޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދެވެ. ކައުންސިލްގެ ފަސްވަން ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއި އަދި ވިޔަފާރިއާ ގުޅޭ ބައެއް މުހިންމު ޤަވާޢިދުތައް ހިމެނެއެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގައި ކައުންސިލްގެ މެމްބަރުންވަނީ އެބޭފުޅުންގެ މުހިންމު ހިޔާލުފުޅުތައް ހިއްސާކުރައްވަވާފައެވެ.