ޙަރަމްފުޅަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ނިޒާމަކީ ދުނިޔޭގައި އެވަރުގެ ދެވަނައެއް ނެތް، ރައްކާތެރި އިސްތިރާޖީ ނިޒާމެކެވެ. ޙަރަމްފުޅުގެ ބޭނުމަށް ހަތަރު އިންޖީނު ގެއަކުން ކަރަންޓު ގުޅާފައި ވެއެވެ. މި އިންޖީނުގެތައް ހުންނަނީ އެތައް މޭލު ދުރުގައެވެ. އަދި ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ހާދިސާއެއް މެދުވެރިވެދާނެތީ، ޙަރަމްފުޅަށް ޚާއްސަ ވަކި އިންޖީނުގެ ގެއެއްވެސް މާދުރު ނޫން ހިސާބެއްގައި ގާއިމް ކޮށްފައި އެވެ. އޭގެ އިތުރުން ހަރަމްފުޅުން ކަރަންޓު ކެނޑިއްޖެ ނަމަ، ވަގުތުން ބޮކިތައް ދިއްލޭގޮތަށް، 30 މިނެޓު ވަންދެން ބޭނުން ކުރެވޭގޮތަށް، ޔޫޕީއެސްގެ ނިޒާމެއްވެސް ގާއިމް ކޮށްފައި ވެއެވެ. މިހުރިހައި ކަމަކީ، ޙަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންނަށް މެދު ނުކެނޑި ޚިދުމަތް ދިނުމަށްޓަކައި ސައޫދީ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އިންތިޒާމު ތަކެވެ.

ޙަރަމްފުޅުގައި އެއްމަހު ބޭނުންކުރާ ކަރަންޓަކީ މުޅި ރާއްޖޭގައި އެއް މަހު ބޭނުން ކުރާ ކަރަންޓަށް ވުރެން އިތުރު ކަރަންޓެކެވެ.

މަސްޖިދުލްޙަރާމަކީ،356،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ. އެއީ ގާތްގަނޑަކަށް މާލެއާ އަޅާ ކިޔާނަމަ، މާލޭގެ 6 ޕަސެންޓުގެ ސަރަހައްދެކެވެ.

ޙަރަމްފުޅުގައި ކޮންމެ މަހަކު ގާތްގަނޑަކަށް 90،000 މެގަވޮޓްގެ ކަރަންޓް ބޭނުން ކުރެ އެވެ. މި ހަކަތައިން ޒަމްޒަމް ވަޅަށް 15،000 އަށް ވުރެ ގިނަ އެލްއީޑީ ލައިޓު ގުޅާފައި ވެއެވެ. އަދި 15،000 އެއާކޮންޑިޝަން ޔުނިޓަށް ކަރަންޓު ދެއެވެ. އަދި ސެކިއުރިޓީ ސިސްޓަމްތަކާއި ތާޅަފިލިތަކާއި ފެން ޕަމްޕްތަކަށް ވެސް ކަރަންޓް ދެއެވެ.

ރަމަޟާން މަހާއި ހައްޖު މޫސުން ފަދަ ބާރުބޮޑު ބޮޑުވާ ފައްތަރުގައި ކަރަންޓަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެދެ އެވެ. އެހެންވެ، ޚާދިމުލްޙަރަމައިންގެ ޚާއްސަ ބެއްލެވުމުގެ ދަށުން، މެދު ނމުކެނޑި ކަރަންޓު ލިއްބައި ދިނުން ޔަގީން ކުރުމަށްޓަކައި 120 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުރި 54 ބެކަޕް ޑީސަލް ޖަނަރޭޓަރު ބަހައްޓާފައި ވެއެވެ. މި އިންޖީނުގެ އަކީ، ބޭނުން ޖެހިއްޖެ ހިނދެއްގައި 20 ސިކުންތުގެ ތެރޭގައި ސްޓާޓް ވާގޮތަށް ތައްޔާރީ ޙާލަތުގައި އޮންނަ އިންޖީނުގެ އެކެވެ.

ރާއްޖޭގައި ކަރަންޓު ބޭނުން ކުރާ މިންވަރާ އަޅާބަލާއިރު ގާތްގަނޑަކަށް 540،000 މީހުންގެ އާބާދީއެއް އޮންނަ މި ގައުމަށް 75،000 މެގަވޮޓް ގަޑީގެ ކަރަންޓް ބޭނުން ވެއެވެ.

ހަރަމްފުޅުގެ ކަރަންޓް ބިލަށް މަހަކު ގާތްގަނޑަކަށް 13.5 މިލިއަން ސައުދީ ރިޔާލް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެއީ ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ނުވަތަ 55.4 މިލިއަން ދިވެހި ރުފިޔާއެވެ.

ދީލަތިކަމާއެކު، ސައުދީ ސަރުކާރުން މި ޚަރަދުތައް ފުރިހަމައަށް ފޫބައްދައި، މާލީ ކަންބޮޑުވުމެއް ނެތި ބަރާބަރަށް ކަރަންޓު ލިބޭކަން ކަށަވަރުކޮށްދެއެވެ.

ޙަރަމްފުޅުގެ ކަރަންޓު ބިލާ އަޅާ ބަލާއިރު ރާއްޖޭގައި، މަހަކު ގައުމީ ކަރަންޓް ބިލަކީ ގާތްގަނޑަކަށް 46.2 މިލިއަން ރުފިޔާއެވެ. ނުވަތަ 3 މިލިއަން އެމެރިކާ ޑޮލަރެވެ.

ހަރަމްފުޅުގައި ޓެކްނޮލޮޖީއަށް ބަރޯސާވެ، މަބް މެދުވެރިކޮށް އެތައް ކަމެއް އިންތިޒާމުކޮށްފައި ވެއެވެ. އެހެންވެ ނިސްބަތުން މީހުންގެ އަދަދާ ބަލާއިރު ހަރަމްފުޅުގައި އެޑްވާންސް ޓެކްނޮލޮޖީ ބޭނުން ކުރަން އެނގޭތީ، ކަރަންޓު ޚަރަދު ކުޑަވެއެވެ. އެގޮތުން، އެލްއީޑީ ލައިޓިންގ އާއި ޒަމާނީ އެއަރކޮންޑިޝަން ސިސްޓަމްތަކުގެ އެހީގައި ކަރަންޓް ބޭނުންކުރުން %40 އާއި ހަމައަށް ކުޑަ ކޮށްފައި ވެއެވެ. ޙަރަމްފުޅަށް، ސޯލާ ޕެނަލްތަކުން މިހާރުވެސް 5 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެއެވެ.

ސައުދީ އަރަބިއްޔާއަކީ ދިގު މުއްދަތުގެ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ޚާއްސަ ސިޔާތެއްގެ މަތީގައި ކުރިއަށްދާ ޤައުމެކެވެ.