ޓިކްޓޮކްގެ މާކުންބެއަށް ވެގެން ގިނަ އަދަދަކަށް ކާނާ ކައިގެން މަޝްހޫރުކަން ހޯދި ތުރުކީ ޓިކްޓޮކް ތަރި މަރުވެއްޖެއެވެ. އުމުރުން 24 އަހަރުގެ ޒުވާނާ މަރުވީ، ގިނައިން ކައިގެން ދިމާވި ސިއްޙީ މައްސަލަތަކާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށެވެ.
މާކުންބެ، އާންމު ކުރާ ކޮންމެ ވީޑިއޯއެއްގައިވެސް އޭނާ ކާލާ މިންވަރު ގިނަކަމުން މީހުން ހައިރާން ކޮށްލައެވެ.
އުމުރުން 24 އަހަރުގެ އެފެކަން ކުލްޓޫރު ނަމަކަށް ކިޔާ މި ޓިކްޓޮކް ތަރި މަޝްހޫރުވެފައި ވަނީ "މުކްބަންގް" ގެ ނަމުންނެވެ. އޭނާ ވަނީ 3 މަސް ވަންދެން ހަސްފަތާލުގައި ފަރުވާ ހޯދާފައެވެ. އޭނާ މަރުވީ ހުކުރު ދުވަހުއެވެ.
ޓިކްޓޮކްގައި އެތައް ހާސް ފޮލޯވަރުންނާއެކު އޭނާގެ ވީޑިއޯތަކަށް އެތައް ލައްކަ ވިއުސް ލިބިފައި ވެއެވެ.