ސެންޓަރަލް ރީޖަންގެ މަގުހެދުމުގެ މަސައްކަތްތައް ވަރަށް ބާރަށް، އާރު.ޑީ.ސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން، ޅ. ހިންވަރުގެ ރޯޑް9 ގައި ކާބް ސްޓޯންޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ރޯޑް1 ގައި ދަނީ ކޭބަލް ޖަންކްޝަން ހޮޅި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މ. މުލަކުގައި ކުރަމުންގެންދާ މަސައްކަތްތަކަށްބަލާއިރު، އިރުދޭމަގާއި، ބަހާރީމަގުގައި ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާއިރު، ސޯސަންމަގުގައި ކުރަމުންދަނީ ދުވާރު ހެދުމުގެ މަސައްކަތްތަކެވެ.

މީގެ އިތުރުން ކުޑަހުވަދޫގެ މަސައްކަތްތައްވެސް ވަރަށް ބާރު ސްޕިޑްގައި ކުރިއަށްދާކަން ފާހަގަކޮށްލަމެވެ. އެގޮތުން ކުޅުދުއްފުށީގައި މިހާރު ކުރިއަށްދަނީ، ދޮށިމޭނާ މަގުގައި ސްޓޯމް ވޯޓަރ ހޮޅިއެޅުމަށް ކޮނުމުގެ މަސައްކަތެވެ. މީގެ އިތުރުނ، ތުނޑީ ގޯޅީގައި ކާބް ސްޓޯން ޗެމްޕަރ ޖެހުމުގެ މަސައްކަތްވެސް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ.