ނާޒީ ޒަޔަނިސްޓުންގެ އަނިޔާވެރިކަމާ ބެހޭ ގޮތުން ލިޔުނު، ބެލްޖިއަމްގެ ނޫސްވެރިޔާ، ޖޫސް އާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރަނީކަމަށް ބުނެ ކުރި ދައުވާ ނާކާމިޔާބު ވެއްޖެއެވެ. ކޯޓުން ވަނީ، ބެލްޖިއަމްގެ ލިޔުންތެރިޔާ ހަރމަން ބްރަސެލްމަންސްގެ ކުށެއް ނެތް ކަމަށް ހުކުމް ކޮށްފައެވެ. ދުނިޔޭގެ ކަންކޮޅުތަކުން ޖޫސްއާއި ޒަޔަނިސްޓުން ވަނީ މި ކަމަށް ފާޑު ކިޔާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ ލިޔުންތެރިޔާ ހަރމަން ބްރަސެލްމަންސް އަކީ ނާޒީން އޮސްވިޗްގެ ބޮޑު އަވަނުގައި ޖޫސްގެ މީހުން ފިހުނު ހާދިސާއަށްވެސް އިންކާރު ކުރާ އަދި ޖޫސްއާ ދެކޮޅުވެރި ވާހަކަތައް ދައްކާ މީހެއް ކަމަށެވެ.

އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ވާގިވެރިވާ ޒަޔަނިސްޓު ޖޫސްގެ ނާޒީ ސިފައިންގެ ހަމަލަތަކުން އަޤްޞާ ޠޫފާނުގައި ފަލަސްޠީނުގެ 61707 މީހުން ޝަހީދު ކޮށްފައި ވއެވެ. އަދި އިމާރާތްތައް ތަޅައި ސުންނާފަތިކޮށް ހަދައި ސްކޫލުތަކަށާއި ހަސްފަތާލުތަކަށް ބޮން އަޅައި ހަލާކުކޮށްފައި ވެއެވެ. އަދި އެތަންތާނގެ ދަށުގައި އަދިވެސް ހޯދިފައި ނުވާ އެތައް ބައެއްގެ ގަބުރު ހިމެނެއެވެ. އޭގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާ ބަނޑަށް ޖެއްސުމަށް ކާނާ ވެއްދުން މަނާކޮށް، ޣައްޒާގެ ފެންއުފައްދާ އިންޖީނުތަކުން ކަރަންޓު ކަނޑާލާފައެވެ.

ބެލްޖިއަމްގެ ލިޔުންތެރިޔާ ހަރމަން ބްރަސެލްމަންސް، މިދިޔަ އޮގަސްޓް މަހު ލިޔުނު ކޮލަމެއްގައި ބުނެފައި ވަނީ އަންނަ ރުޅީގައި ތަނަކުން ޖޫސްގެ މީހަކު ފެންނަ އިރަށް އެމީހެއްގެ ކަރަށް ވަޅި ހަރާލާ ހިތްވާ ކަމަށެވެ.

"އަހަރެން އަންނަ ރުޅީގައި ހިތަށް އަރަނީ، އަހަރެންނާ ބައްދަލުވާ ކޮންމެ ޔަހޫދީއެއްގެ ކަރަށް ތޫނު ވަޅިއެއް ހަރާލަން ވީ ކަމަށެވެ." ބެލްޖިއަމްގެ ގޭންޓް ކޯޓުން، ހޮލޮކޯސްޓަށް އިންކާރުކުރުމާއި ނަސްލީ ތަފާތުކުރުން އަދި ނަފްރަތު އުފެއްދުމުގެ ދައުވާއިން ބަރީއަކުރި ލިޔުންތެރިޔާ ލިޔެފައި ވެއެވެ. ޔޫރަޕްގައި އާންމުންގެ މެދުގައި ޖޫސްއާއި ޒަޔަނިސްޓުންނާ މެދު ނަފްރަތުގެ ޝުއޫރެއް އާންމު ވެފައި ވަނީ ގަތުލުއާންމު ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ހިޓްލަރުގެ ނާޒީންނަށް ވުރެން ޒަޔަނިސްޓުން ކުރި ހޯދުމުންނެވެ.

ބްރަސެލްމަންސްގެ މި ކޮލަމް ޝާއިއުކޮށްފައި ވަނީ، ބެލްޖިއަމްގެ މަޖައްލާ ހޫމޯގައި، ޣައްޒާގައި ފަލަސްތީނުގެ މީހުން މަރުވާތަން ފެނުމުން އޭނާއަށް އެކަމުން ކޮށްފައިޥާ އަސަރުތައް ކިޔައި ދެމުންނެވެ.

"އަހަންނަށް ޓީވީން ފެނުނީ ރޮމުން ހަޅޭއްލަވަމުން ދިޔަ ފަލަސްތީނުގެ ކުއްޖަކެވެ. އޭނާ ހުރީ މުޅިން މޮޔަވެފައެވެ. ބޮން އަޅައި ހަލާކު ކޮށްފައިވާ އިމާރާތުގެ ދަށުގައި މަރުވެފައި އޮތް މަންމައަށް އޭނާ ގޮވަމުން ދިޔަ ތަން ފެނުނެވެ." ބްރަސެލްމަންސް ލިޔެފައިވެ އެވެ. "އަހަރެން އަންނަ ރުޅީގައި ބޭނުންވަނީ އަހަރެންނާ ބައްދަލުވާ ކޮންމެ ޔަހޫދީއެއްގެ ކަރަށް ތޫނު ވަޅިއެއް ހަރާލާށެވެ."

"ހަމަ ޔަގީނުން ވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނީ، ކޮންމެ ޔަހޫދީއަކީ ޤާތިލެއް ނޫން ކަމަށެވެ." އޭނާ އިތުރަށް ލިޔުނެވެ. "އަހަރެންގެ ޚިޔާލަށް އަންނަނީ، އުމުރުން ދުވަސްވީ ޔަހޫދީ މީހަކު މަގުމަތީގައި ބާ ހެދުމެއް ލައިގެން ފައިވާނެއްގައި ހުއްޓައެވެ. އެމީހާއަށް އަހަރެންގެ ހިތުގައި ހަމްދަރްދީއެއް އުފެދޭނެއެވެ. އެކަމަކު އެސާހިތަކުން އެމީހާ ޖަހަންނަމައަށް ދާނެ ނަމައޭ މަގޭ ހިތަށް އަރާނެއެވެ." ބްރަސެލްމަންސްގެ ކޮލަމްގައި ލިޔެފައިވެ އެވެ.