އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަދަ ރަތް ކުލައިގެ ޓެސްލާ ކާރެއް ގަނެފައެވެ. ޓްރަމްޕް މި ކާރު ގަތީ އޭނާގެ ސިޔާސީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ޓެސްލާގެ ސީއީއޯ މަސްކު ކުރާ މަސައްކަތުގެ ސަބަބުން މާސްކްގެ އިލެކްޓްރިކް ވެހިކަލް ކުންފުންޏަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ޓްރަމްޕް ބުނާ ގޮތުން މި ކާރުގަތުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނެއެވެ. އަދި މަސްކު އަތުން ޑިސްކައުންޓެއް ހޯދާފައެއްވެސް ނުވާނެއެވެ.
މަސްކަކީ ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެންމެ ގިނައިން ފައިސާ ހޭދަ ކުރި ފަރާތެވެ. ޓްރަމްޕް ވެރިކަމަށް ގެންނަން ހޭދަ ކުރި ފަރާތްތަކުން ދިން ފައިސާގެ ތަފްސީލު ދޭން ޓްރަމްޕާއި ޓީމުން ވަނީ ދެކޮޅު ހަދާފައެވެ. ޓްރަމްޕް ވަނީ މަސްކު ކުރި ހޭދައިގެ އިނާމެއްގެ ގޮތުން، އެމެރިކާ ސަރުކާރުގެ ހުރިހައި ޑޭޓާބޭސްތަކާއި ސަރުކާރުގެ މައުލޫމާތު މަސްކަށްޓަކައި ތަންމިނަށް ހުޅުވައި ދީފައި ވެއެވެ. އަދި މަސްކު އަޅަމުންދާ ފިޔަވަޅުތަކުން ހިތްހަމަ ނުޖެހިގެން މީހުން ވަނީ އޭނާގެ ޓެސްލާގެ ޝޯރޫމްތައް ތަޅައި އޭނާގެ ކާރު ނުގަތުމަށް ކެމްޕޭން ހިންގަން ފަށާފައެވެ. މަސްކުގެ ކުންފުނީގެ ހިއްސާގެ 30 ޕަސެންޓް ވަނީ އަގު ވެއްޓިފައެވެ. އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޓްރަމްޕް ވަނީ ޓެސްލާ ކާރެއްގަނެގެން މަސްކަށް ސަޕޯޓު ކުރާކަން ދައްކާފައެވެ.