ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ އިތުބާރު އޭނާއަށް ނުގެއްލޭ ކަމަށް އެ ކްލަބުގެ ޒުވާން މިޑްފީލްޑަރު ޕަބްލޯ ގަވީ ބުނެފިއެވެ.
ރިޕޯޓަރުންނަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ގަވީ ވަނީ, ފަހަކަށް އައިސް އޭނާއަށް ފުރަތަމަ އެގާރައިން ޖާގަ ނުލިބުން ކަމުގައިވިޔަސް އެކަމާ މެދު އޭނާ ހާސްނުވާކަމަށް ބުނެ, ބައެއް މީޑިއާތަކުން އޭނާއަށް ފްލިކްގެ އިތުބާރު ގެއްލުނީ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.
"ފުރަތަމަ އެގާރައިން ޖާގަ ނުލިބުނަސް އަހަރެން އެކަމާ ހާހެއް ނުވޭ. އަހަރެން ދާދި ފަހުން 5 އަހަރުގެ ކޮންޓްރެކްޓެއްގަ ސޮއިކުރީ މި ކްލަބަށް ކުޅެދެން ބޭނުންވާތީ. އަހަންނަށް ކޯޗުގެ ފުރިހަމަ އިތުބާރު އެބައޮތް." ރިޕޯޓަރުންނާ މުހާތަބު ކުރަމުން ގަވީ ބުންޏެވެ.
ޒަވީގެ އިރުޝާދުގެ ދަށުން ކުޅުނު ބާސާ ޓީމުގެ ފުރަތަމަ އެގާރައިން ގަވީއަށް އަބަދު ވެސް ފުރުސަތު ލިބުން ކަމުގައިވިޔަސް, ބާސާގެ ހުންގާނުގައި ފްލިކް ހިފި ފަހުން ފުރަތަމަ އެގާރައިން ޖާގަ ލިބުން ގަވީއަށް ވަނީ ދަތިވެފައެވެ. އިންޖަރީގެ ސަބަބުން ގަވީގެ ފޯމު ދަށްވެފައިވާއިރު, ބާސާއިން ޑެނީ އޮލްމޯ ގަތުމުގެ ސަބަބުން ގަވީއަށް ވަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު އިތުރަށް ހަނިވެފައެވެ.