ކުރިއަށް އޮތް ފިތުރު ޢީދާ ގުޅިގެން، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބަންދު 4 ދުވަސް ދިނުމަށް ސައުދީ ޢަރަބިއްޔާގެ ރަސްކަމުގެ ދަރުބާރުން އަމުރު ނެރެފިއެވެ.

ސައުދީގެ ޕްރައިވެޓް ސެކްޓަރގެ މުވައްޒަފުންނަށް ޢީދު ޗުއްޓީ ލިބޭނީ މާރިޗް 3 އިން އޭޕްރީލް 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ސައުދީ ޕްރައިވެޓް ސެކްޓަރގައި ދެކުނު އޭޝިޔާގެ އިންޑިޔާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނަށް ނިސްބަތްވާ ގިނަަ އަދަދެއްގެ މުސްލިމުން މަސައްކަތް ކުރާއިރު، ޢީދާއި ގުޅިގެން ބަންދު ހަތަރު ދުވަސް ލިބުމުން އެކަމުގެ ހިތްހަމަޖެހުން ސޯޝިއަލް މީޑިޔާގައި ދަނީ ފާޅު ކުރަމުންނެވެ.

ރާއްޖެ ހިމެނޭ ގޮތަށް އިސްލާމީ ގިނަ ގައުމުތަކުގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންްނަށް ފިތުރު ޢީދާއި ގުޅިގެން މައިގަނޑު ގޮތެއްގައި ލިބެނީ ބަންދު 1 ދުވަހެވެ.