ކުއެޓާގެ ނާޒުކު ސަލާމަތީ ހާލަތު މުރާޖައާ ކުރެއްވުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ކުއެޓާއަށް ވަޑައިގެންފިއެވެ. ޕާކިސްތާން ސިފައިން ވަނީ، ޖާފަރު އެކްސްޕްރެސްގައި ރަހީނު ކުރި އެންމެން ވަނީ މިނިވަން ކޮށްފައެވެ. އަދި ޓެރަރިސްޓުންގެ 33 މީހަކު ނައްތާލާފައިވާ ކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.

ޕާކސްތާންގެ ބާޣީ، ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ ޓެރަރިސްޓުން ވަނީ ރޭލެއް ހައިޖެކްކޮށް، 400 އަށް ވުރެ ގިނަ ފަސިންޖަރުން ރަހީނުކޮށްފަ އެވެ. ސިފައިންނާއި ވައިގެ ސިފައިންނާއި ފްރޮންޓިއާ ކޯޕްސް ހިމެނޭ ގޮތަށް ސަލާމަތީ ފަރާތްތަކުން ދެ ދުވަސް ވަންދެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 33 ޓެރަރިސްޓުން ނައްތާލާފައި ވެއެވެ.

ސިފައިން މައުލޫމާތު ދިން ގޮތުގައި، ޓެރަރިސްޓުން ވަނީ، އަފްޣާނިސްތާނުގައި ތިބި އެމީހުންގެ ލީޑަރުންނާ ގުޅުމަށް ސެޓެލައިޓް ފޯނު ބޭނުންކޮށްފައެވެ.

މި ހިތާމަވެރި ހާދިސާގައި، 21 ފަސިންޖަރުންނާއި ހަތަރު ސިފައިން މަރުވެފައި ވެއެވެ. ނަމަވެސް އެހެން ހުރިހާ ރަހީނުން މިނިވަން ކުރެވުނެވެ. ސިފައިންގެ ސްނައިޕަރުން ވަނީ ރަހީނު ކުރި މީހުންގެ ތެރޭގައި ފޮރުވިފައި ތިބި ޖާނު ގޮއްވާލަން ތައްޔާރުވެގެން ތިބި ޓެރަރިސްޓުން ނައްތާލާފައެވެ.

މި ހާދިސާގައި، ޒަޚަމްވި 29 ފަސިންޖަރުންނަށް ފަރުވާ ދީފައި ވެއެވެ. އަދި، 16 ފަސިންޖަރުން ވަނީ އަސްކަރީ ހޮސްޕިޓަލެއްގައި އިތުރު ފަރުވާއަށް ގެންގސްފައެވެ.