އިންޑިއާގެ ޓެލަންގާނާގައި އުރުދޫ ބަހުން ޝާއިއުކުރާ ދުވަހު ނޫހަކަށް އިޝްތިހާރު ދިނުމަށް ސަރުކާރުން ދެކޮޅު ހެދުމުން އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފިއެވެ. ކޮންގްރެސް ޕާޓީން ވެރިކަން ކުރާ ރެވަންތު ރެޑީ ގެ ސަރުކާރުން ވަނީ އުރުދޫ ބަހުން ޝާއިއުކުރާ މުންސިފު ނޫހަށް އިޝްތިހާރު ދިނުމަށް ދެކޮޅު ހަދާފައެވެ. އެނޫހަކީ ރެޑީގެ ސަރުކާރުގެ ނުކުޅެދުންތެރި ފިޔަވަޅުތަކާ ދެކޮޅަށް ރިޕޯޓު ކުރާ ނޫހެކެވެ.

މުންސިފް އިން ވަނީ މިކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ހުސް އެޑިޓޯރިއަލްއެއް ޝާއިއުކޮށްފައެވެ. ހުސް ކޮލަމްގެ ސުރުޚީގައި ބުނެފައި ވަނީ އިންދިރާ ގާނދީގެ 1970ގެ ކުއްލި ހާލަތުގައި އަމަލު ކުރިގޮތަށް ރެޑީވެސް ނޫސްތަކާ ދެކޮޅަށް އިމަޖެންސީ ހިންގަނީ ކަމަށެވެ.

މުންސިފުން ބުނެފައި ވަނީ ސަރުކާރުގެ ނުކުޅެދުންތެރިކަން ރިޕޯޓު ކުރާތީ، އެކަމަށް އަދަބެއްގެ ގޮތުން ރެޑީގެ ސަރުކާރުން މުންސިފަށް އިޝްތިހާރު ދިނުން ހުއްޓާލީ ކަމަށެވެ.