ބޭނުންވާ ތަކެތި

250 ގ. ފުށް

150 ގ.ބަޓަރ

200 ގ. ހަކުރު

5 ފޮތި އަލަނާސި

5 ބިސް

1 ސައި ސަމުސާ ބޭކިންގ ޕައުޑްރ

ތައްޔާރުކުރާނެ ގޮތް

ފުށާއި ބޭކިންގ ޕައުޑަރ

އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ބަޓަރާއި ހަކުރު އެއްކޮށް އޮމާން ވަންދެން ގިރާލާފއި ފުށްކޮޅަކާއި ފަހަރަކު ބިހެއް އެއްކުރަމުންގޮސް އޮމާން ވަންދެން ގިރުނީމާ އަލަނާސި ކޮޅު ކުދި ކުދިކޮށް ކޮށާލާފައި މަޑު މަޑުން އެއްކޮށްލާށެވެ. އެއްކޮށްފައި ޓްރޭއެއްގައި ބަޓަރު ހާކާލާފައި ޓްރޭ އަށް ފުށގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.