އިޒްރޭލުން ވަގަށް ނަގައިގެން ބަންދުކުރާ ފަލަސްޠީނު މީހުންނާ މެދު އިޒްރޭލުގެ ނާޒީ ޒަޔަނިސްޓު ސިފައިންނާއި ނާޒީ ޒަޔަނިސްޓު ސެޓްލަރުންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ފަލަސްތީނުގެ ރައްޔިތުން ވަނީ މި ހަފްތާގައި އދގައި އެމީހުންގެ މައްސަލައިގެ ހެކިބަސް ދޭން ފަށާފައެވެ. ދެމީހަކާއި އެތައް ވަކީލުންނެއް ވަނީ އެތައް އިރެއްވަންދެން ކުރިއަށް ދިޔަ ސެޝަންގައި ހެކިބަސް ދީފައެވެ.
ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލްގައި މަސައްކަތް ކުރި އުމުރުން 28 އަހަރުގެ ނަރުހެއް ކަމަށްވާ ސައީދު އަބްދުލް ފައްތާހު ބުނަނީ، ނާޒީ ޒަޔަނިސްޓުން "އަހަރެން ނިކަމެތިކޮށް އަނިޔާ ކުރި،" ކަމަށެވެ. އޭނާ ކިޔައިދނީ ނާޒީ ޒަޔަނިސްޓުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ހައްޔަރުކޮށް އޭނާއާ މެދު މުއާމަލާތު ކުރި ގޮތާ ބެހޭ ގޮތުންނެވެ. މިއަޑު އެހެހުންތައް ފެށުމާއެކު ޖެނީވާގައި ހުންނަ ނާޒީ ޒަޔަނިސްޓު ޖޫސްގެ މަންދޫބު ވަނީ މިއީ ވަގުތު ބޭކާރު ކުރުމެއް ކަމަށް ބުނެ މި ވާހަކަތައް އަޑު ނޭހުމަށް ބާރުއަޅައި ޖޫސްގެ ރައްހުމަތްތެރި ގައުމުތަކަށް ނަސޭހަތްތެރި ވެފައެވެ.
އަބްދުލްފައްތާހު ހެކި ބަސް ދީފައި ވަނީ ޣައްޒާއިން ވީޑިއޯ ލިންކް މެދުވެރިކޮށެވެ. އަދި ތަރުޖަމާނަކު ވަނީ އޭނާ ދެއްކި ވާހަކަ ތަރުޖަމާ ކޮށްދީފައެވެ.
އޭނާ ބުނީ ދެ މަސް ދުވަސް ވަންދެން ގަދަ ފިނީގައި ބަރަހަނާ ކޮށްގެން ނާޒީ ޒަޔަނިސްޓުން އޭނާ ގެންގުޅުނު ކަމަށެވެ. އަދި އަބަދުވެސް ރޭޕް ކުރާނެ ކަމުގެ ބިރު ދައްކަމުން ދިޔަ ކަމަށާއި ތަޅައި އަނިޔާކުރަމުން ދިޔަ ކަމަށެވެ. އޭނާ ބަންދުކޮށްފައި ހުރިތަނުގައި ތޮތް ޖެހިފައިވާ ހާލަތުގައި އެތައް ބަޔަކު ތިބިކަމަށާއި މުޅިތަން އޮތީ ތޮއް ޖެހިފައި ކަމަށް ކިޔައި ދިނެވެ.
"އަހަރެން ބޭނުންކުރީ އެމީހުން ބޮކްސިން ތަޅާ ބަސްތާއެއް ގޮތަށް،" 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަކިން އިތުރަށް އަނިޔާތައް ތަހައްމަލު ކުރަންޖެހުނު ކަމަށް ބުންޏެވެ.
އޭނާ ބުނީ ތަހުގީގު ކުރި މީހާ ދިޔައީ "އޭނާގެ ކުރިމަތި ފަރާތުގައި ތަޅަމުން" ކަމަށެވެ. މިއީ ނާޒީންވެސް ޔަހޫދީން ނަށް އަނިޔާ ކުރި ގޮތެއް ނޫނެވެ.
"އަހަރެންގެ ޖިންސީ ގުނަވަނުން ލޭ އަންނަމުން ދިޔަ" އަދި ކަރުންވެސް ލޭ އަންނަމުން ދިޔަކަމަށް އޭނާ ކިޔައި ދިނެވެ.
"އަހަރެންނަށް ހީވީ އަހަރެންގެ ފުރާނަ ބޭރުވެގެން ދާން އުޅުނީ ހެން" އަބްދުލްފައްތާހު ކިޔައި ދިނެވެ.
މިއީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ނާޒީ ޒަޔަނިސްޓުން ހިންގަމުން ގޮސްފައިވާ އަނިޔާގެ ހާލަތާ ގުޅޭ ގޮތުން އދ.ގެ މިނިވަން ކޮމިޝަނުން ބާއްވާ އާންމު އަޑުއެހުންތަކެކެވެ. މީގެ ކުރިންވެސް މިފަދަ ބުރެއް ބާއްވާފައި ވެއެވެ. މި ބުރުގައި ނާޒީ ޒަޔަނިސްޓު ސެޓްލަރުންގެ އަނިޔާތަކުގެ ވާހަކައަށްވެސް އަލިއަޅުވާފައި ވެއވެ.
ނާޒީ ޒަޔަނިސްޓު ސެޓްލަރުންގެ އަނިޔާތަކަށް ބަލާލުމަކީ "އެއީ މުހިންމު ކަމެއް،" ކަމަށް މި ބައްދަލުވުން ހޯސްޓްކުރި ކްރިސް ސިޑޯޓީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ އަނިޔާތައް ލިބިފައިވާ މީހުންނަށް "އަޑު އިއްވުމުގެ ހައްގު" ލިބެން ޖެހޭނެ ކަމަށެވެ.
މި ހެކިބަސް ދިން ތަޖުރިބާކާރުންނާއި ހައްގަށް ވަކާލާތުކުރާ މީހުން ވާހަކަ ދެއްކީ ނާޒީ ޒަޔަނިސްޓުންގެ ބަންދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ނިޒާމީ ސިފައެއްގައި ޔަހޫދުން ޖިންސީ އަނިޔާ ކުރުމުގެ ސަގާފަތެއް ގެންގުޅޭ ކަމަށާއި އެކަމަށް އެމީހުން އާދަވެފައިވާ ކަމަށް ބުނެއެވެ.
ނާޒީ ޒަޔަނިސްޓުންގެ ޔަހޫދީ މަންދޫބު ކަލޭގެ ދެއްކި ވާހަކަތަކުގައި އޭނާ ވަނީ 7 އޮކްޓޯބަރާ ދިމާއަށް ބަހުސް ކަސިޔާރު ކުރުމަށް މަސައްކަތް ކޮށްފައެވެ.
އެކަމަކު ރިއާސަތާއި ފަލަސްތީނުގެ މީހުންގެ ފަރާތުން ވަކާލާތު ކުރި ވަކީލު ސަހަރު ފްރާންސިސް ވަނީ ނާޒީ ޔަހޫދުން މައްސަލައަށް ޖަވާބުދާރީ ނުވެ، ރެކެން އުޅެނީ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ މިއަނިޔާކުރުމުގެ ސަފާގަތަކީ، ނާޒީ ޒަޔަނިސްޓުންގެ މެދުގައި "ފުރިހަމައަށް އަށަގެންފައިވާ ސިޔާސަތަކަށް" ވެފައިވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޣައްޒާއިން ހައްޔަރުކުރި ހުރިހާ އެންމެން ވެސް ނާޒީ ޒަޔަނިސްޓު ޖޫސްއިން ގެންގުޅުނީ ބަރަހަނާ ކޮށްގެންނެވެ. ބައެއް ހާލަތްތަކުގައި ނާޒީ ޒަޔަނިސްޓު ސިފައިން ވަނީ ފަލަސްޠީނު މީހުންގެ ކަރުތެރެއަށް "ދަނޑިތައް ކޮއްޕައި" ހަދާފައި ކަމަށްވެސް ކޮމިޝަނަށް މައުލޫމާތު ދީފައި ވެއެވެ.
ވަކީލުން ބުނެފައި ވަނީ ނާޒީ ޒަޔަނިސްޓުން ޖިންސީ އަނިޔާކުރުން ބޭނުންކޮށްފައި އަދަބު ދީ އަނިޔާކުރުމުގެ ސިޔާސަތެއްގެ ގޮތުގައެވެ.
ފަލަސްޠީނު މީހުންނަށް އަނިޔާ ކުރާކަމުގެ ތުހުމަތުތަކަކީ ހަމައެކަނި މީހުން ބަންދު ކޮށްފައި ބައިތިއްބާ ތަންތާނގައި އެކަނި ހިނގާ ކަންކަމެއް ނޫނެވެ.
ހުޅަނގު އައްސޭރީގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މަތަރު ބުނީ ޒަޔަނިސްޓު ސިފައިން ވަނީ ޒަޔަނިސްޓް ނާޒި ސެޓްލަރުން ލައްވައިވެސް ފަލަސްތީނު ގޭގެއަށް ވައްދައިގެން މީހުންނަށް އަނިޔާ ކުރުވާފައެވެ. އަދި ޖިންސީ ގޯނާކޮށް އިހާނެތިކޮށް ހަދަމުން ދިޔައީ ސިފައިންގެ ކުރިމަތިގައި އެމީހުންނަށް ދައްކައިގެން ކަމަށްވެސް އޭނާ ކިޔައި ދިނެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ހަމަލައަށްފަހު ޒަޔަނިސްޓު ސިފައިންގެ ޒަމީރު މަރުވެފައިވާ ކަމަށް ގިނަ ބަޔަކު ކިޔައި ދިނެވެ. ފަލަސްޠީނަށް ހިޖުރަ ކޮށްފައިވާ ގިނަ ސެޓްލަރުންނަކީ ތާކުންތާކު ނުޖެހޭ އެމީހުންގެ މުޖުތަމައުތަކުގައިވެސް އެކަހެރިކޮށް ލަޓޯފަޓޯކޮށް އުޅުނު ޔަހޫދީ ބައެކެވެ.
މަތަރު ކިޔައިދިން ގޮތުގައި ނާޒީ ޒަޔަނިސްޓު އިޒްރޭލު ސިފައިންނާއި ސެޓްލަރުން ވެގެން ފަލަސްޠީނު މީހުން ބަނދެފައި ބައިތިއްބާފަ އެމީހުންގެ ގަޔަށް ފަހަރުވަ ލައިވެސް ހެއްޖެވެ.
އަދި އޭނާ ކަނުބަނދެގެން އޮރިޔާމުން ބައިންދައިގެން ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން އަނިޔާ ކުރިކަމަށްވެސް ކޮމިޝަނަށް ކިޔައި ދިނެވެ. ގިނަ ހަމަލަތައް ބޮލަށް އަމާޒުކޮށްލާ ކަމަށްވެސް ބުންޏެވެ. އަދި ބައެއް ފަހަރަށް ތަހުގީގު ކުރާ މީހާ ފުންމައިގެން އައިސް ބުރަކަށީގައި ކޮޅުފައިން ޖަހައި ބަނދެފައި އިންނަ ގޮނޑިއާއެކު ބިންމައްޗަށް ވައްޓާލާ ކަމަށްވެސް ކިޔައި ދިނެވެ.
ކޮމިޝަނަށް މަތަރު ވަނީ، ފޮޓޯއެއްވެސް ދައްކާލާފައެވެ. އެ ފޮޓޯއަކީ އޭނާއާއި އެހެން ދެ މީހަކު ނަޖިސްތަކުގެ ތެރޭގައި ބާއްވައިގެން ނާޒީ ޒަޔަނިސްޓު ސިފައިންނާއި ސެޓްލަރުން އަނިޔާކުރަމުން ދިޔައިރު އެމީހުންގެ ތެރޭން މީހަކު ނަގާފައި މިސްމީޑިއާއަށް ލާފައި އޮތް ފޮޓޯއެކެވެ.
އެ ފޮޓޯއިން މަތަރުގެ މުޅި ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިތަން ވެސް ފެނެއެވެ.
މަތަރު ބުނެފައި ވަނީ، އޭނާ އެތައް މަހެއް ވަންދެން ނަފްސާނީ ޝޮކެއްގައި ހޭދަ ކުރި ކަމަށެވެ.
"އަހަރެން ހިއެއް ނުކުރަން ދުނިޔޭގައި މިހާ ނުލަފާ، މުޑުދާރު އަމަލު ހިންގާ ސޭޑިސްޓް އަނިޔާވެރި މީހުން އުޅޭ ކަމަކަށް" މަތަރު ބުންޏެވެ. މިއީ އިބްލީސްވެސް އެބައެއްގެ ނުލަފާ ކަމާ ހެދި ފަސްޖެހޭ ނާޒީ ޒަޔަނިސްޓުން ކަން މަތަރަކަށް ނޭނގުނެވެ!