މެންޗެސްޓާ ސިޓީގެ 22 އަހަރުގެ ދަރިވަރެއް ކަމަށްވާ ލޯރާ ވަނީ އޮންލައިން ނީލަމެއްގައި އޭނާގެ ބިކުރުވެރިކަން 32 މިލިއަން ރުފިޔާއަށް ވިއްކާލައިފަ އެވެ. މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި ޒުވާނާ ވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެސްކޯޓް އެޖެންސީއަކާ ގުޅިގެން މިކަމަށް މަސައްކަތް ފަށާފައެވެ. އަދި އިވެންޓްތަކުގައި ގަންނަ މީހުންނާ ބައްދަލުކުރަމުން ގޮސް، ބީލަމަށް ހުޅުވާލިއެވެ.
މި ބީލަމުގައި އެތައް ބަޔަކު ވާދަކުރިއެވެ. އެންމެ ކުރީގައި އުޅުނީ ދުބާއީގެ ވިޔަފާރި ވެރިއަކާއި ލަންޑަންގެ ސިޔާސީ ބޭފުޅަކާއި ހޮލީވުޑްގެ ތަރިއެކެވެ.
ނަސާރާ ދީނީ އާއިލާއަކަށް ނިސްބަތްވާ ލޯރާ ބުނަނީ ކަމަކީ ފަޙިޝް ކަމެއް ކަމުގައިވިއަސް، އޭނާގެ މި ނިންމުމުގައި އެއްވެސް އުދާސްކަމެއް ނެތް ކަމަށެވެ.
މި ބީލަން ހިންގާފައި ވަނީ ލަންޑަންގެ ލަގްޒަރީ ހޮޓަލެއްގައި މި ރޯދަ މަހުއެވެ. އަދި އޭނާ ވަނީ ހާމަކަން ބޮޑު ގޮތެއްގައި އެންމެންގެ ތެރޭގައި އޭނާގެ ވިޔަފާރި ދައުވާގެ ސައްހަ ކަން ކަށަވަރުކޮށްދިނުމަށް، މެޑިކަލް ޗެކް ހެދުމުންވެސް ފުރުސަތު ދީފައެވެ.
މި ބީލަން ކާމިޔާބު ކޮށްފައި ވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތެވެ. އެއީ ހޮލީވުޑްގެ ފިލްމީ ތަރިއެކެވެ.
ޒުވާނާ ބުނިގޮތުގައި އޭނާ އެ ފައިސާ ބޭނުންކުރާނީ ކުއްޔަށް ދޭ އެޕާޓްމަންޓްތަކަށާއި އާ ހެދުންތައް ގަތުމަށާއި ދަތުރުފަތުރު ކުރުމަށެވެ.
އޭނާގެ މިހާރުގެ ބޭނުމަކީ، އޭނާގެ ދިރިއުޅުމުގެ ހުވަފެންތަކަށް ސަޕޯޓުކުރާނެ މުއްސަނދި ހަޔާތުގެ ބައިވެރިއެކެވެ.