ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ކޮވިޑް19 އަށް ފައްސިވެ ވަޑައިގެންފިއެވެ. އިމްރާން ޚާން ވެކްސިން ޖެއްސެވީ ބުރާސްފަތި ދުވަހުއެވެ.

ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިން ޖެއްސެވުމަށްފަހު ޚާން ވަނީ ގައުމުގެ އެންމެވެސް ވެކްސިން ޖެހުމަށް ބާރުއަޅުއްވާފައެވެ. އަދި ޚައިބަރު ޕަޚްތޫންޙޫވާ ޕްރޮވިންސަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

ކޮވިޑް19 ޖެހިގެން ޕާކިސްތާންގައި 13 ހާހަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.