ކަޝްމީރުގެ ފަތުރުވެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަޝްމީރު ގެންދަނީ ބޮލީވުޑްގެ ފިލްމުތައް ކަޝްމީރުގައި ޝޫޓްކުރުމަށް ހިތްވަރު ދިނުމަށް ޕޮލިސީތައް ތައްޔާރު ކުރަމުންނެވެ. އެގޮތުން ކަޝްމީރުގައި ބާއްވާ ޝޫޓިން ތަކަށް ޓެކްސް މައާފް ކޮށްދިނުމަށާއި ކަޝްމީރަށް ވަންނަ ހިސާބުން ޚާއްސަ ސަލާމަތީ އެހީތެރިކަމެއް ފޯރުވައި ދިނުމާއި އަދި އޭގެ އިތުރުން ކަޝްމީރުގައި ބާއްވާ ޝޫޓިންގތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ކަޝްމީރުގެ ގަވަރްނަރ ވަނީ މި ޕޮލިސީތަކާ ބެހޭ ގޮތުން މުމްބާއީ ގައި ފިލްމު އުފައްދާ ފަރާތްތަކާ މަޝްވަރާ ތައް ބާއްވަވާފައެވެ. އަދި ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވަނީ އެބޭފުޅުން މި ޕޮލިސީއާ މެދު ދެކެވަޑައިގަންނަވާ ކަންކަން ވެސް ގަވަރނަރާ ޙިއްސާ ކުރައްވާފައެވެ.

1980ގައި ކަޝްމީރުގައި ހަމަނުޖެހުން ފެތުރުމާ ހަމައަށް ކަޝްމީރަކީ ބޮލީވުޑްގެ މުހިންމު ފިލްމުތައް ޝޫޓް ކުރެވުނު ލޮކޭޝަނެކެވެ. ކަޝްމިރުގައި އެންމެ ފަހުން ޝޫޓްކޯށްފައިވާ ފިލްމަކީ ޔާޝް ޗޯޕްޅާގެ 2012ގެ ޖަބް ތަކް ހެ ޖާން އެވެ.

ބޮލީވުޑްގެ ޝޫޓިން ގެއްލުމުގެ ސަބަބުން ކަޝްމީރުގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކޮށްފައި ވެއެވެ.

ކަޝްމީރުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި މީހުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމުގެ ފިޔަވަޅުތަކުން ހަނގުރާމައިގެ ހާލަތު ވަނީ ރަނގަޅުވެގެން ގޮސްފައެވެ.