ލިންކްޑް އިން ލިޔުންތައް ސެންސަރު ނުކުރާ ކަމަށް ބުނެ ޗައިނާއިން ނަސޭހަތްތެރި ވެއްޖެއެވެ. އެމެރިކާގެ މީސްމީޑިއާ ކުންފުނިތަކުގެ ތެރޭން ޗައިނާގައި އަދިވެސް ލިބެން ހުރި ހަމައެކަނި ޕްލެޓްފޯމް، ލިކްޑް އިން އަކީ ޗައިނާއިން މީހުން ކުރާ ޕޯސްޓްތައް ސެންސަރު ކުރާ ބައެކެވެ. ނަމަވެސް ޗައިނާ ގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ދިޔަ އިރު ފާޑުކިޔާފައި ލިޔެފައިވާ ބައެއް ލިޔުންތައް އެދެވޭ މިންވަރަށް ސެންސަރު ކޮށްފައި ނުވާތީ ލިންކްޑް އިން އަށް ޗައިނާގެ އިންޓަރނެޓް ރެގިއުލޭޓް ކުރާ ފަރާތުން ނަސޭހަތްތި ވީއެވެ.

ލިކްޑްއިން އިން މިމައްސަލާގައި ތަފްސީލް ދޭކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ޗައިނާގެ ރެގިއުލޭޓަރއާއެކު ބައްދަލުވުމުގައި ބައިވެވި ފަރާތަކުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޓުއިޓާއާއި ފޭސްބުކްއާއި ގޫގްލް އަކީ ޗައިނާ ގައި މާކޮށްފައިވާ ވަސީލަތްތަކެވެ.، ނަމަވެސް ވީޕީއެން ބޭނުންކޮށްގެން މީހުން މިތަންތަނަށް ވަދެ ހަދައެވެ.

ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން، މައިކްރޯސޮފްޓް އިން ގަނެފައިވާ ލިންކްޑްއިން އަށް ނަސޭހަތްތެރިވެ އަންގާފައި ވަނީ އަދަބެއްގެ ގޮތުގައި 30 ދުވަހުގެ މުއްދަތަށް ޗައިނާ ސަރަހައްދުން އެއްވެސް މީހަކު އަލަށް ރަޖިސްޓްރީ ކޮށް ނުދިނުމަށެވެ. އަދި ކޮންޓެނޓް އެދެވޭ މިންވަރަށް ސެންސަރުކޯށްފައި ނުވަނީ ކީއްގެންތޯ ބަލައި އެކަމާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުމަށެވެ.

އެމެރިކާއިން ބުނާ ގޮތުގައި ޗައިނާއިން އިންޓަރނެޓް ސެންސަރުކޮށް ހެދުމުން އެނގެނީ ހުޅުވިފައިވާ ބައިނަލްއަގްވާމީ ނިޒާމެއްގައި ޗައިނާއިން ހަމަހަމަ ކަމާއެކު ބައިވެރިވާން ބޭނުން ނުވާކަމެވެ.