ޗައިނާއިން މިޔަންމާ ގެ އިންގިލާބަށް ތާއީދުކޮށްފައިވާތީ ޗައިނާގައި އިންގިލާބާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ވަނީ ޗައިނާ ކުންފުނިތަކާ ދިމާކުރަން ފަށާފައެވެ. މުޒާހަރާ ކުރާ މީޙުން ބޭނުންވަނީ ޗައިނާއިން އިންގިލާބާ ދެކޮޅަށް އަޑު އުފުލުމެވެ.

ޗައިނާއަކީ މިޔަންމާ ގައި އެންމެ ގިނައިން އިންވެސްޓް ކޮށްފައިވާ ގައުމެވެ.

ޗައިނާގެ މުޒާހަރާ ކުރާ މީހުންގެ އެދުމަށް ބިދޭސި އިންވެސްޓަރުން ދަނީ ސަރުކާރާ ދެކޮޅަށް ޕެޓިޝަނުގައި ސޮއިކުރަމުންނެވެ. ތިން ވަނައަށް އިންވެސްޓް ކޯށްފައިވާ ގައުމު ޖަޕާނު ކުންފުނިތަކުން ވަނީ ޕެޓިޝަންގައި ސޮއިކޮށްފައެވެ.

ޗައިނާއާ ދެކޮޅަށް ނިކުތް މީހުން ވަނީ ޗައިނާގެ ފެކްޓްރީތަކުގައި ހުޅު ޖަހާފައެވެ. ޗައިނާ ސަރުކާރު މީޑިއާއިން ބުނާ ގޮތުން 32 ފެކްތްރީއެއްގައި ހުޅު ޖަހާފައި ވެއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓްކޯށްފައިވާ ގޮތުގައި ޗައިނާ ސަރުކާރުންވަނީ ޗައިނާގެ ސަރުކާރު ކުންފުނިތަކަށާއި އެހެން އަމިއްލަ ކުންފުނިތަކުގައިވެސް އުޅޭ މުހިންމު ނޫން އެންމެން އެނބުރި ޗައިނާއަށް އައުމަށެވެ.

ޗައިނާގެ ސީޖީޓީއެން އިން ބުނެފައި ވަނީ މިޔަންމާ ގައި ޗައިނާގެ އިންޓަރެސްޓް ހިމާޔަތް ނުކުރެވެނީނަމަ، ޗައިނާއަށް އަމއްލައަށް ފިޔަވަޅު އެޅުމަށް މަޖުބުރު ވާނެ ކަމަށެވެ.

މިއާއެކު މީސްމީޑިއާގައި މީހުން ވަނީ ޗައިނާއާ ދެކޮޅަށް އަޑު އުފުލާފައެވެ. ވިޔަފާރި ވެރިއަކު ބުނިގޮތުގައި ޗައިނާއަށް އިންގިލާބު އިންކާރު ނުކުރެވުނު އިރު އަމިއްލަ މަސްލަހަތަށް ނުރައްކާވުމުން މިޔަންމާގެ ދާޚިލީ މައްސަލާގެ ތެރެއަށް ވަނުމަކީވެސް ހެޔޮވަރު ކަމެއ ކަމަށެވެ.

މިޔަންމާރގައި މީހުން އެންމެ ފުރަތަމަ ދިމާކުރީ ވާވޭއާއި ޗައިނާގެ ޒެޑްޓީއީއާ އެވެ. މި ދެކުންފުންޏަކީވެސް ޗައިނާ ސިފައިންނަށް ޓެކްނޮލޮޖީގެ ރޮނގުން ވާގިވެރިވާ ދެކުންފުންޏެވެ.

މިހާތަނަށް ޗައިނާގެ 32 ފެކްޓްރީއެއްގައި ހުޅުޖަހާފައި ވެއެވެ. ޗައިނާއިން ވަނީ އަންސަން ސޫއީގެ ވެރިކަމުގައި 2 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.