ޝެންހާއި ގައި ހުންނަ ނިއުޔޯރކް ޔުނިވަރސިޓީ ގައި ކިޔަވާ އެމެރިކާ ކުދިންތަކަކަށް އަނިޔާކޮށް، ފުލުހުން އެމީހުން ހައްޔަރުކޯށްފިއެވެ. ވޮޝިންޓަން ޕޯސްޓުން ބުނިގޮތުގައި އެއް ރެއްގައި ފުލުހުން ނިއުޔޯރކް ޔުނިވަރސިޓީގައި ކިޔަވާކުދިންނާ ދެކޮޅަށް ދެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެއް އޮޕަރޭޝަންގައި ބާރ އެއްގައި ތބި އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކަށް ކޮޅުފައިނ ބޮލުގައި ތެޅުމަށްފަހު ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް ހާދިސާއެއްގައި އުފަން ދުވަސް ފާހަގަ ކުރަން ގެއެއްގައި ތިބި ކުދިންތަކަށް ހަމަލަދީ ހައްޔަރު ކުރިކަމަށެވެ.
ގެއަށް ހަމަލަ ދީ ހައްޔަރު ކުރި ކުރި ކުދިންތަކުގެ ތެރޭގައި އެމެރިކާ ކުދިންގެ އިތުރުން މޮރޮކޯއާއި މެލޭޝިއާ ކުދިންވެސް ހިމެނެއެވެ.
މިކުދިްނ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކަމަށް ފަހުން އެނގިފައި ވެއެވެ. ނަމަވެސް އާންމުކޮށް މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރާ މީހުންގެ ރިޕޯޓްތައް ލިބެންދެން ބައިތިއްބައެވެ. އެއާ ޚިލާފަށް މިކުދިން ދޫކޮށްލާފައިވަނީ 10 ގަޑިއިރާއި 16 ގަޑި އިރުގެ ތެރޭގައި ކަމަށް ވެއެވެ.
އެމެރިކާއިން ޗައިނާގެ ސިފައިންނާ ގުޅިފައިވާ ރިސަރޗް ސްކޯލަރ އިންތަކެއް އެމެރިކާގައި ހައްޔަރު ކުރި މައްސަލާގައި ޗައިނާގައި ކިޔަވާ އެމެރިކާ މީހުން ހައްޔަރު ކުރާނެކަމަށްވެސް އިންޒާރު ދީފައި ވެއެވެ. ނަމަވެސް މިހާދިސާއަކީ މިކަމާ ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެއް ކަން ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ.
ޗައިނާގައި އަމިއްލަ ތަންތަނަށް ފުލުހުން ވަނުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް ކުލަ ހެދުމުގައި ބެޖަކާ ނުލައި ފުލުހުން ވަނުމަކީ ނާދިރު ކަމެކެވެ. މި ކުދިން ހައްޔަރުކުރުމަށް އުޅުނު މީހުންނަކީ ކުލަ ހެދުމުގައި ބެޖެއް ނެތި ތިބި ބައެކވެ.
ހުޅަނގުގެ ގައުމުތަކާއި ޗައިނާއާ ދެމެދު ހިނގަމުންދާ ކޯޅުމުގައި ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ވަމުން ދެއެވެ.