ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށްދާ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފާއިތުވި 24 ގަޑިއިރުތެރޭގައި 1875 މީހުންނަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އެ ސްޓޭޓުންވަނީ 44675 ސާމްޕަލް ނަގައިފައެވެ. އެ މުއްދަތުގައި އެ ސްޓޭޓުންވަނީ 2251 މީހުން ބަލިން ފަސޭހަވެފައެވެ. އެ މުއްދަތުގައި 13 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ކެރެލާ ސްޓޭޓުން ކޮވިޑް 19 އިން ރަނގަޅުވި ޖުމުލަ އަދަދު މިހާރު ވަނީ 1074805 އަރައިފައެވެ. އަދި ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 11 04 577 އަށް އަރައިފައެވެ. މީގެ ތެރެއިން ދިވެހިން އެންމެ ގިނައިން ދާ ޓްރިވެންޑްރަމް އިން ފައްސިވެފައިވަނީ 155 މީހުންނެވެ.