ސައޫދީ ނޫސްވެރިޔާ ޖަމާލް އަޙްމަދު ޚާޝޮގްޖީ މަރާލި މައްސަލާގައި އެމެރިކާގައި ދައުވާ އުފުލައިފިއެވެ. މި ދައުވާގައި ބައިވެރިފައިވަނީ، ޚާޝޮގްޖީއާއި ކައިވެނިކުރުމަށް ތައްޔާރުވި އަންހެނާ، ޚާދީޖާ ޖަންގީޒްއާއި ޚާޝޮގްޖީ އެމެރިކާގައި އުފެއްދި އެންޖީއޯ ޑޯން އިންނެވެ.
މީހަކު ވަގަށް ނެގުމާއި މަރާލުމުގެ ދައުވާ ލިބޭ ފަރާތަކީ އުމުރުން 35 އަހަރުގެ ސައޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން އެވެ.
ބިން ސަލްމާނަށް ތުހުމަތު ކުރެވެނީ، ޚާޝޮގްޖީ (59އ) މަރާލުމަށް ރާވައި، އެކަމަށް އަމުރުކުރެއްވުމުގެ ތުހުމަތެވެ. ތުރުކީގައި ހުންން ސައޫދީ ކޮންސިއުލޭޓްގައި އޭނާ މަރާލާފައި ވަނީ ބޮޑު ކީހުން އޮކްޓޯބަރު 2018 ގަވެ.
އެމެރިކާއިން ހާމަކޮށްފައިވާ ޖާސޫސީ ރިޕޯޓްގައިވެސް ބިން ސަލްމާނަށް މި މައްސަލާގައި ތުހުމަތު ކޮށްފައި ވެއެވެ.
ވަޓްސްއެޕްއާއި މީޑިއާ މެދުވެރިކޮށް، ދައުވާ ކުރާ ފަރާތުން ވަނީ ބިން ސަލްމާނާއި އޭނާގެ ވަކީލުންނަށް ނޯޓިސް ފޮނުވާފައެވެ. ބިން ސަލާމްންގެ ވަކީލުން ކަމަށް ބަލާފައިވަނީ އޭނާގެ މައްސަލަތަކުގައި އެމެރިކާގެ ކޯޓްތަކުގައި ވަކާލާތުކޮށްފައިވާ އަދި ކޯޓު ރެކޯޑްތަކުން އޭނާގެ ވަކީލުންކަމަށް ދައްކާ މައިކަލް ކެލޮގްއާއި ބައިވެރިންގެ ލޯ ފާމް އެވެ.