އެމެރިކާއިން 200 އަހަރު ވަންދެން އިންޑިއާ އިސްތިއުމާރު ކުރި ކަމަށް އިންޑިއާގެ އުއްތުރްކާންދް ސްޓޭޓްގެ ޗީފް މިނިސްޓަރ ތުހުމަތު ކުރައްވައިފިއެވެ. ޗީފް މިނިސްޓަރ ޓިރާޓް ސިންގ ރާވަޓް މި ވާހަކަ ދެއްކެވީ ޖަންގަލީއެއްގެ ތެރޭގައި ހުންނަވައިގެންނެވެ. ދުނިޔޭގެ ޖަންގަލީ ދުވަހުގެ މުނާސަބާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މުޅި ދުނިޔެއަށް ބާރު ދައްކައި، އިންޑިއާއަށް 200 އަހަރު ވަންދެން އިސްތިއުމާރުކޮށްގެން އުޅުނު އެމެރިކާގައިވެސް ކޮވިޑް ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. އެއާ ޚިލާފަށް އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ވެރިކަން ކުރ ބީޖޭޕީއާ ސުއާލު ކޮށްފައި ވަނީ ބީޖޭޕީގެ ފެންވަރަކީ މިއީ ތޯއެވެ؟ އަދި އުއްތުރަކާންދްގައި ބީޖޭޕީއަށް ރައްޔިތުން މެޖޯރިޓީ ދީފައި ވަނީ، ފެންވަރެއް ނެތް މީހަކު ރައްޔިތުންގެ މައްޗަށް ވެރިއަކަށް ލާފައި ބަހައްޓަން ތޯވެސް އެމީހުން ވަނީ ސުއާލުކޮށްފައެވެ.

އުއްތުރަކާންދްގެ ގާނޫނު ހަދާ މަޖިލީހުގެ 70 ގޮނޑީގެ ތެރޭން 57 ގޮނޑި ކާމިޔާބު ކުރީ ބީޖޭޕީންނެވެ.

މި ބައްދަލުވުމުގައި ރާވަޓް ވަނީ މީހުން ދަރިން މަދުން ހޯދާތީ އެކަމަށްވެސް މަލާމާތް ކޮށްފައެވެ. ފުރަބަންދުގައި މީހުންނަށް ކާޑުގެ ބާވަތްތައް ސަރުކާރުން ގިނައިން ދީފައިވަނީ ދަރިން ގިނައިން ހޯދާފައިވާ މީހުނަށް ކަމަށް ވިދާޅުވެ އޭނާ ސުއާލު ކުރެއްވީ، ދަރިން ލިބެން އޮތްވައި ނު ހޯދައި އަވަށްޓެރިއާއަށް ގިނައިން ކާޑު ލިބުމުން ދެން އެކަމާ ޝަކުވާ ކުރާކަށް ފުރުސަތެއް ނެތް ކަމަށެވެ.

ރާވަތްއަކީ އާންމުކޮށް ހޮޅިވާހަކަ ދައްކައިގެން މީހުން ވާ ވައްދައިގެން ވޯޓް ހޯދާ މީހެއް ކަމަށް ސިފަ ކުރެވެއެވެ.

މީގެ ކުރިން މީސްމީޑިއާގައި އޭނާއާ މީހުން ދިމާކޮށްފައި ވަނީ ވީދިފައި ހުންނަ ފެޝަން ޖީންސް ލުމާ ދެކޮޅަށް އޭނާ ދެއްކި ވާހަކައާ ގުޅިގެންނެވެ. ފަހުން ވަނީ މައާފަށް އެދިފައެވެ.