ސްރީލަންކާ ގައި ކޮވިޑް ވެކްސިން ދޭއިރު ޗައިނާ މީހުންނަށް އިސްކަން ދިނުމަށް ޗައިނާ އިން އަންގައިފިއެވެ. ޗައިނާ އެމްބަސީން ސްރީލަންކާ ސަރުކާރުގައި އެދިފައި ވަނީ ލަންކާގައި ސައިނޯފާމްގެ ވެކްސިން ޖަހާއިރު ސްރީލަންކާ މީހުންނަށް ފުރަތަމަ އިސްކަން ދިނުމަށެވެ.
ޗައިނާ އިން ވަނީ ސްރީލަންކާއަށް ހަ ލައްކަ ވެކްސިން ޑޯޒް ދޭނެ ކަމަށް ބުނެފައެވެ. ޗައިނާއިން 50އަށް ވުރެން ގިނަ ގައުމަކަށް ވެކްސިން ފޮނުވާފައި ވެއެވެ.