ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ.މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވެއްޖެއެވެ.

މުއިއްޒުއަށް މިއަދު އޭސީސީއަށް ހާޒިރުވުމަށް އަންގާފައި އޮތްއިރު އޭނާ އޭސީސީއަށް ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެންނެއް ކަމެއް ސާފެއް ނުވެއެވެ.

މުއިއްޒު އޭސީސީއަށް ހާޒިރުވުމަށް އެންގުމާ ގުޅިގެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ކުރިއަށް ކައުންސިލް އިންތިޚާބުގައި ކެމްޕެއިނަށް ހުރަސް އަޅައި، އަސްލެއްނެތް ދިގުވާހަކަ ފަތުރައި އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިކަމުގައި ހަމަ އެއްވެސް ވަރަކަށް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއިއެކު ހުންނެވިކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ.