ޗައިނާއިން ހަދިޔާ ކޮށްފައިވާ ސައިނޯފާމް ވެކްސިން ބަލާ އައިލެންޑް އެވިއޭޝަންގެ ފްލައިޓް މިރޭ ފުރައިފިއެވެ. މަޢްލޫމާތު ލިބިފައިވާ ގޮތިގައި މި ބޯޓު ބެއިޖިންގއަށް ދާނީ ބެންކޮކް މަގުންނެވެ.

މިކަމާ ގުޅިގެން އެނގެން ހުރި ކަންކަން:

  • މިހާރު ރާއްޖޭގައި ހުރީ ސައިނޯފާމް ވެކްސިން ގެ 18 ހާސް ޑޯޒްއެވެ.
  • މި ވެކްސިން ގެނައުމަށްޓަކައި އައިލެންޑް އެވިއޭޝަންގެ ދަތުރުތައް ކެންސަލް ކޮށްފައި އުދުހޭ ބޯޓެއް ޗައިނާއަށް ފޮނުވާފައި ވެއެވެ.
  • މި ބޯޓް ޗާޓާ ކުރުމަށް ސަރުކާރުން އެއްލައްކަ ޑޮލަރު ޚަރަދު ކުރެއެވެ.
  • ސަރުކާރުން ޚަރަދު ކުރާ އެއްލައްކަ ޑޮލަރަކީ އެއް ލައްކަ ވެކްސިނާއި އެ ވެކްސިން ޖަހަން ބޭނުންވާ އެއްލައްކަ ސިރިންޖު ގެނައުމުގެ ދަރުތުރުގެ ޚަރަދެވެ.